ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުން: ކޯޓު އަމުރުތަކަށް އެދެވޭ ގޮތަށް ގިނަ ބާތުތަކެއް ދީ ރައީސްގެ ގަރާރަކުން ކޮމިޝަނެއް!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރުމަށް، ހާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އުފައްދަވައިފިއެވެ.

ހ. ފެންޓޯނިއާގެ 8 ވަނަ ފަންގިފިލާއާއި، 09 ވަނަ ފަންގިފިލާ ދެމެދަށް ވާ ގޮތަށް ހުރި ފެންލައިޓުން ޔުމްނު ވެއްޓުނީ ހ. މިޓާޒްގޭ ގުދަނެއްގެ ފުރާޅު މައްޗަށެވެ.

ހާދިސާ ހިނގި ވަގުތު ޔުމްނުއާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލު ހުރީ ފުލުހުންގެ ބަންދުގައެވެ.

މައްސަލަ ގޯސްވެފައި ވަނީ ފުލުހުންގެ ފަރާތުން ސާފު މައުލޫމާތެއް ނުލިބޭތީއާއި ނުފޫޒާއި ބާރުގެ ތުހުމަތުތަކުންނެވެ. މުޅި ގައުމު މައްސަލައިގައި ކެކިފައިވާއިރު، ޒުވާނުންތަކެއް ނިކުމެ ދަނީ އިހުތިޖާޖު ކުރަމުނަނެވެ.

ސަރުކާރުގެ އެކި މީހުންނަށް ވެސް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް މިނިވަން ކޮމިޝަނެއް އުފެއްދީ ރައީސުލްޖުމްހޫރިއްުޔާގެ އޮފީހުން ބުނި ގޮތުގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށެވެ.

މި ކޮމިޝަން ރައީސް އުފައްދާފައި ވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.

މި ކޮމިޝަން އުފައްދާ ސަބަބެއްކަމަށް ޤަރާރުގައި ބުނީ ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމެވެ. އަދި އެ މައްސަލައާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގު އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމެވެ.

މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ:

1. ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
3. ޑޮކްޓަރ މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ

ކޮމިޝަނުގެ ރައީސެއްގެ ގޮތުން މަސައްކަތް ކުރައްވާނީ މުނައްވަރެވެ.

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމެނެ އެވެ. އަދި  ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން ހިމެނެ އެވެ.

ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހިމެނެނީ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުމެވެ. މިއާއި އެކު ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާއި ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ވަނީ ލިބިދީފަ އެވެ.

މީގެއިތުރުން ހާޒިރުކުރަން ޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާއި ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.

އިތުރަށް ހިމެނެނީ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެެއްކޮށްފައި ވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި އެނޫން ވެސް މަޢުލޫމާތު ހޯދުމެވެ.

މުޅި މައްސަލަ ފެށިގެން އަންނަ މއ. މާންދޫގޭގައި ބުރާސްފަތި ދުވަހުގެ ރޭ ޕާޓީ ކުރަމުން އުޅުނުކަމަށް ބެލެވޭ ޖުމްލަ 09 މީހުންގެ ވަނަވަރާއި ފޮޓޯތައް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި ޕާޓީއަށް ފަހު 4 މީހަކު ދިޔަކަމަށް ބުނާ ގ. ކަށިވެލީގެ ތިންވަނަ ފްލޯ އަކީ ވެސް މީގެ ތެރޭގައި ހިމެނޭ އެއް ގެއެވެ.

ހ. ފެންޓޯނިއާގޭގެ ގޭގެ ނުވަ ފްލޯ އިން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނުއިރު ގިނަ ބަޔަކު ތުހުމަތު ކުރަނީ އޭނާ ވައްޓާލީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: