ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިން ހަނގުރާމަ ހުއްޓާލަން ރަޝިއާ ބޭނުންވާކަމާއިމެދު އެމެރިކާއިން ސުވާލު އުފައްދައިފި!

ޓްރަމްޕު އަދި ޒެލެންސްކީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން ބޭނުންވާ ކަމާއިމެދު އެމެރިކާއިން ސުވާލު އުފައްދައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވަނި ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ހަނގުރާމަ ހުއްޓާލުމަށް ހަގީގަތުގައި ބޭނުންވެވަޑައިގަންނަވާ ކަމާއިމެދު ސުވާލު އުފައްދަވާފައިކަމަށެވެ. އެގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއިއެކު ބައްދަލުކުރެއްވުމަށްފަހު ޓްރަމްޕުވަނީ ސުލްހަ ގާއިމުކުރެވިދާނެކަމާއިމެދު ސުވާލު އުފައްދަވާފައިކަމަށް ހިއްސާކޮށްފައިވެއެވެ. ޓްރަމްޕާއި ޒެލެންސްކީ ބައްދަލުކުރެއްވީ ވެޓިކަން ސަރަހައްދުގައެވެ.

މި ބައްދަލުވުމަކީ ޓްރަމްޕު އަދި ޒެލެންސްކީ ދެމެދު އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ކުރިއަށް ގެންދިޔަ ހަމަނުޖެހުންތައް އުފެދުނު ބައްދަލުވުމަށްފަހު ބޭއްވި ފުރަތަމަ މަޝްވަރާތަކެވެ. އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ސަރުކާރުންވަނީ ލައިވްކޮށްފައިވާ މަހައުލެއްގައި ޒެލެންސްކީގެ އަގު ވެއްޓިގެންދާފަދަ ގިނަ ވާހަކަތަކެއް ދައްކާފައެވެ. ނަމަވެސް އެއަށްފަހު ވައިޓް ހައުސްއިންވަނީ ޔޫކްރެއިންއާއި ދެމެދު ސުލްހަ ގާއިމުކުރުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައެވެ.

ޒެލެންސްކީ އާންމުކުރިގޮތުން ޓްރަމްޕާއި ދެމެދު ކުރިއަށް ގެންދިޔައީ ރަނގަޅު ބައްދަލުވުމެއް ކަމަށެވެ. އަދި ގިނަ މައުޟޫތަކަކާއިމެދު ވާހަކަ ދެކެވުނުކަމަށާއި އެކަންކަމުގައި ނަތީޖާތަކެއް ފެނިގެންދިއުމަށް އުންމީދުކުރާކަމަށް ބުނެފައިވެއެވެ. އޭނާ އިޝާރާތްކުރެއްވިގޮތުން މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ޔޫކްރެއިންގެ ރައްޔިތުންގެ ފުރާނަ ރައްކައުތެރިކުރުމާއި އެއްވެސް ޝަރުތެއް ކުރުމެއް ނެތި ހަނގުރާމަ ހުއްޓާލުން އަދި ދެމެހެއްޓިނި ގޮތެއްގައި ސުލްހަ ގާއިމުކުރުން ހިމެނޭކަމަށެވެ. ޒެލެންސްކީ ބުނެފައިވާގޮތުން ކުރިއަށް ގެންދިޔައީ ތާރީހުގެ ތެރޭގައި ފެވިގެންދިއުމުގެ ފުރުސަތު އޮތް ބައްދަލުވުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: