ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުގެ ހިދުމަތުގެ އަގު ކުޑަކުރުމަށް ސަރުކާރުގެ ވިސްނުމެއް އެބައޮތް: ޝަކީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުގެ ޚިދުމަތަށް ދައްކަންޖެހޭ އަގު ކުޑަކުރުމަށްޓަކައި، ހައްޖު ކޯޕަރޭޝަނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަކީލް ވިދާޅުވި ގޮތުގައި، 2013 ވަނަ އަހަރު ހައްޖު ކޯޕަރޭޝަން އުފެދުނީއްސުރެ ހައްޖުގެ ޚިދުމަތަށް ނަގަމުން އައި 69,965 ރުފިޔާގެ އަގު މިހާރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިގޮތުން އެއަރލައިން ޓިކެޓުގެ އަގަށް އައި ބަދަލުތަކާއި، ސަޢޫދީ ސަރުކާރުން ތަޢާރަފުކޮށްފައިވާ އިތުރު ޓެކްސްތަކުގެ ސަބަބުން މިހާރު މީހަކަށް ގާތްގަނޑަކަށް އެއް ލައްކަ ރުފިޔާ ހޭދަވާ ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.

”މީގެ ކުރިން ސަޢޫދީ ސަރުކާރުން ފޯރުކޮށްދެމުން އައި ޚިދުމަތްތަކެއް މިހާރު ވަނީ ވިޔަފާރި ޚިދުމަތްތަކަކަށް ބަދަލުވެފައި. މިނާ އަދި އަރަފާތު ފަދަ ތަންތަނުގެ ޚިދުމަތްތައް މިހާރު ނަގަންޖެހެނީ އަމިއްލަ ފަރާތްތައް މެދުވެރިކޮށް,“ ޝަކީލް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނަށް ކޮންމެ އަހަރަކުވެސް ހައްޖުގެ ޚިދުމަތްތަކުން 30 އާއި 40 މިލިއަން ރުފިޔާގެ ގެއްލުމެއް ވަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ. މި ގެއްލުމުގެ އަދަދު ދައުލަތުން ދެމުންދާ ކަމަށްވެސް އެމްޑީ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ހައްޖު ކޯޕަރޭޝަނަކީ އާމްދަނީ ލިބޭ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުން ކަމަށާއި، އެގޮތުން ހައްޖަށް ގެންދާ މީހުން އަތުން ނަގާ އަގު ކުޑަކުރުމަށް މަސައްކަތްކުރާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: