ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ ހަރަކާތާ އެމްޑީޕީއާއި ގުޅުވަމުންދާތީ ފައްޔާޒް ކަންބޮޑުވުން ފާޅުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންގެ މުޒާހަރާއާއި އެމްޑީޕީއާ ގުޅުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުރާޅެއްގެ މައްޗަށް ޒުވާނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ގިނަ އަދަދެއްގެ ޒުވާނުން ދަނީ ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުންނެވެ.

މި ހަރަކާތްތަކުގެ ފަހަތުގައި ސިޔާސީ މަގުސަދުތަކެއް ވާކަމުގެ ތުހުމަތުތަކެއް ބައެއް ފަރާތްތަކުން ކުރަމުންދާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ މި ހަރަކާތްތައް އެމްޑީޕީއާ ގުޅުވަން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.

”މިއީ ސަރުކާރުން ސިއްރުވެރިވަމުންދިއުމާއި އޮޅުވާލަމުންދިއުމުގެ އިތުރުން އިތުބާރު ގެއްލިގެންދިއުމުގެ ސަބަބުން ޒުވާނުން އިހުލާސްތެރިކަމާއެކު ޝުއޫރު ފާޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް،“ ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ސިޔާސީ ނިޒާމަށާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ހަބަރު ފަތުރާ ވަސީލަތްތަކަށްވެސް ޒުވާނުންގެ ތެރޭގައި އިތުބާރު ގެއްލެމުންދެއެވެ. އަދި މި ހަރަކާތްތައް ސިޔާސީ ކޮށްގެން އޭގެ އަގު ވައްޓާލަން މަސައްކަތްކުރަމުންދާތީ އެކަމާމެދު ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒް ގޮވާލެއްވީ ޒުވާނުންގެ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރުން އަޑުއެހުމަށާއި، އެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އިތުބާރު އާލާކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: