ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވެގެން ތިބޭ މީހުންނާއި ޕާޓީކުރާ މީހުން ރިޕޯޓުކުރުމަށް އެންޑީއޭއިން އެދިއްޖެ

އެންޑީއޭގެ ބޯޑްގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީކުރުމާއި މަސްތުވެފައިވާ ހާލަތުގައި ތިބޭ މީހުން ފެނިއްޖެނަމަ ރިޕޯޓުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އާންމުންނަށް ގޮވާލައިފިއެވެ.

މިއީ ފާއިތުވި ދުވަސްތަކުގައި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވެގެން ތިބޭ މީހުންނާއި ކުށްތަކާ ގުޅުންހުރި އަނިޔާވެރި މަންޒަރުތައް ސޯޝަލް މީޑިއާގައި ފެތުރެމުންދިއުމާ ގުޅިގެން އަޅާ ފިޔަވަޅެކެވެ.

އެންޑީއޭއިން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. އެ މުއައްސަސާއިން ފާހަގަކުރި ގޮތުގައި، ޕާޓީ ޑްރަގްސްއާއި ބަނގުރާ ފަދަ ތަކެތީގެ ވަބާ ރާއްޖޭގައި ފެތުރިގެން ގޮސްފައިވަނީ ”އެތަކެއްޗަކީ ރައްކާތެރި އެއްޗެއްކަމަށް ދެކިގެން ބޭނުންކުރަމުން ދިއުމާ ގުޅިގެން“ ކަމަށެވެ.

އެންޑީއޭގެ އައުޓްރީޗް ޕްރޮގްރާމްތަކުން ހާމަވެފައިވާ ގޮތުގައި، ދެ ޖިންސުގެ މީހުންގެ މެދުގައިވެސް މަސްތުވާތަކެތީގެ މައްސަލަ ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވެއެވެ. އަދި މީގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާކަން ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ މަޢުލޫމާތުން އެނގިފައިވާކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

މި މައްސަލައަކީ މުޅި މުޖުތަމަޢު ގުޅިގެން މެނުވީ ހައްލު ނުކުރެވޭނެ މައްސަލައެއްކަމަށްއެންޑީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ޕާޓީކުރާކަން ނުވަތަ މަސްތުވެގެން މަގުމަތީގައި ތިބިކަން ފާހަގަކުރެވިއްޖެނަމަ 911 އަށް ނުވަތަ އެޖެންސީގެ ނަންބަރު 1410 އަށް ގުޅައިގެން ރިޕޯޓުކުރުމަށް އާންމުންނަށް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: