ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ

ރަޝިޔާގެ ރައީސް ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން އިން އަތުލާފައިވާ ކާރސްކް ސަރަހައްދު އަލުން އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް ރަޝިއާއިން ބުނެފިއެވެ.

ނޫސްތަކުން ބުނާގޮތުން ކާރސްކް ސަރަހައްދުގެ މައްޗަށް ބާރުވެރިކަން ހޯދިފައިވާކަން އާންމުކޮށްފައިވަނީ ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ކަމަށެވެ. ކާރސްކް އަކީ ރަޝިއާ ޔޫކްރެއިން ދެމެދު އޮންނަ ބޯޑަރު ސަރަހައްދުން ބައެއްކަމަށްވާއިރު ކުއްލި ހަމަލާއެއް މެދުވެރިކޮށް ޔޫކްރެއިން އިން އެތަނުގެ މައްޗަށް އަތް ގަދަ ކޮށްފައިވާކަމަށް މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ.

ޕުޓިން ވިދާޅުވީ، ޔޫކްރެއިންގެ ސަރުކާރުން އެ ސަރަހައްދުގައި ޖަހަމުންދިޔަ ސަކަރާތްތައް އެއްކޮށް ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އެހެންކަމުން އޭނާވަނީ ރަޝިއާގެ ސިފައިންނަށް މަރުހަބާ ވިދާޅުވެފައިކަމަށްވާއިރު އެކަމަކީ ރަޝިއާގެ މަސައްކަތްތަކަށް ހިތްވަރު ލިބިގެންދާފަދަ ހާއްސަ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ނަމަވެސް ޔޫކްރެއިން އަސްކަރިއްޔާގެ އޮފިޝަލުންވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އެ ގައުމުން ބުނާގޮތުން ކާރސްކް ސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް ހުއްޓުމަކަށް އައިސް އެ ސަރަހައްދުގެ މައްޗަށް ވަކި ފަރާތަކަށް ބާރުވެރިކަން ހާސިލުކުރެވިފައިނުވެއެވެ.

ޔޫކްރެއިން އިން ބުނާގޮތުން އެ ގައުމުންދަނީ އެ ސަރަހައްދުގައި ދިފާއީ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. ނަމަވެސް އޮޕަރޭޝަންތައް ހިންގަމުންދަނީ ދަތި އުނދަގޫތަކުގެ ތެރެއިންކަމަށާއި އެ ގައުމުގެ އަސްކަރިއްޔާއިންދަނީ އެ ސަރަހައްދުގައި ރަޝިއާ ދެމެދު ހަމަ ހަމަ ކަމާއިއެކު ހަނގުރާމަ ކުރަމުންކަމަށް ބުނެފައިވެއެވެ. އެ ގައުމުންވަނީ ކާރސްކް ސަރަހައްދުގެ ބާރުވެރިކަން ހާސިލުކުރުމުގެ ގޮތުން ރަޝިއާއިން ބަރު ހަތިޔާރުތަކުގެ ބޭނުން ކުރަމުންދާކަމުގެ ތުހުމަތުކޮށްފައިކަމަށްވާއިރު ގިނަ އަދަދެއްގެ އާޓިލަރީ ސްޓްރައިކުތައް ކުރިއަށް ގެންދިޔަކަމަށް މައުލޫމާތު ދީފައިވެއެވެ.

ޔޫކްރެއިން އިން ކުއްލި ގޮތަކަށް ކާރސްކް ސަރަހައްދުގެ މައްޗަށް ބާރުވެރިކަން ހާސިލުކުރި ނިމިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ދިން ހަމަލާތަކެއް މެދުވެރިކޮށެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ރަޝިއާގެ ސަރަހައްދީ އިމުގެ ތެރެއަށް އެހެން ގައުމުތަކުން ވަދެގަތް ފުރަތަމަ ފަހަރުކަމަށް ނޫސްތަކުން ބުނެއެވެ.

ނަމަވެސް އެހިސާބުން ފެށިގެން ރަޝިއާގެ ސަރުކާރުންވަނީ ނޯތު ކޮރެއާގެ އެހީތެރިކަން ހޯދައިގެން ޔޫކްރެއިން އާއި ދެކޮޅަށް މަސައްކަތްތަކެއް ކޮށްފައިކަމަށާއި ޔޫކްރެއިންއިންވަނި އެ ސަރަހައްދު ހިފެހެއްޓުމުގެ ގޮތުން ގިނަ ވަސީލަތްތަކެއް ބޭނުންކޮށްފައިކަމަށް ބުނެފައިވެއެވެ. ރިޕޯޓުތަކުގައިވާގޮތުން ޔޫކްރެއިންގެ ވިސްނުން ހުރީ މަޝްވަރާތަކާއި ހިސާބުން އެ ސަރަހައްދުގެ ބޭނުން ހިފުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: