ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގައި އެއްޗެއް ގޮވުމާއިއެކު ގިނަ ބަޔަކު މަރުވެއްޖެ

އީރާންގައި ރޯވި އަލިފާންގަނޑު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގައި ބާރުގަދަ ގޮވުމެއް ގޮވައި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އީރާނުގެ ދެކުނު ސަރަހައްދެއްގައި ގޮވާފައިވަނީ މިސައިލް އުދުއްސުމަށް ބޭނުންކުރާ ކެމިކަލް ޝިޕްމަންޓެއްކަމަށެވެ. އަދި މި ހާދިސާގައި 25 މީހަކު ނިޔާވިއިރު 800 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. ބާރުގަދަ ގޮވުމާއިއެކު ރޯވި އަލިފާންގަނޑު ނިއްވާލުމަށްޓަކައި ހެލިކޮޕްޓަރުތައް ބޭނުންކޮށްފައިވާއިރު މިކަން ހިނގާފައިވަނީ އީރާނާއި އެމެރިކާ ދެމެދު ތިންވަނަ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔަ ވަގުތުގައިކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.

މިކަމުގައި ސީދާ ވަކި ފަރާތަކަށް ހަމަލާއެއްގެ ތުހުމަތުތައް އަމާޒުކޮށްފައިނުވާއިރު އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރާޗީވަނީ އެ ގައުމުގެ ސެކިއުރިޓީ ފޯސަސްއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް ހިއްސާކުރައްވާފައެވެ. ސަބަބަކީ މީގެ ކުރިން ގައުމުގެ މަސްލަހަތު ނަގާލުމަށްޓަކައި ހަމަލާތައް ދީފައިވުމުގެ އިތުރުން އިސް އޮފިޝަލުންގެ ފުރާނަ ނަގާލުމަށްވެސް އެކި ފަރާތްތަކުން އަމާޒުކޮށްފައިވުމެވެ.

މި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި އެހެނިހެން ބައެއް ކޮންޓެއިނަރުތައްވެސް ގޮވުމަށް ދިމާވިކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ ގައުމުގެ ޕްރައިވެޓް ސެކިއުރިޓީ ފާމަކުން ބުނެފައިވާގޮތުން ބަނދަރަށް ސޯޑިއަމް ޕާކްލޮރޭޓް ރޮކެޓް ފިއުލް ޝިޕްމެންޓެއް ވައްދާފައިވެއެވެ. މިއީ ޗައިނާއިން އެ ގައުމަށް އެތެރެކޮށްފައިވާ ޝިޕްމަންޓަކުން ބައެއްކަމަށްވާއިރު އެތަކެއްޗަކީ އީރާނުގެ މިސައިލްތައް ރީސްޓޮކް ކުރުމުގެ ގޮތުން ބޭނުންވާ މުދާކަން ފާހަގަކުރެވެއެވެ. ހަމާސް ދެމެދު އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އީރާނުންވަނީ އިސްރާއީލާއި ދެކޮޅަށް މިސައިލް ބޭނުންކޮށްގެން ހަމަލާ ދީފައެވެ.

ބައެއް ނޫސްތަކުން ބުނާގޮތުން އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ސޮލިޑް ފިއުލްގެ ޝިޕްމެންޓެއް ގެންގުޅުމުގައި އިހުމާލުތަކެއް ވުމުގެ ސަބަބުންކަމަށެވެ. އަދި އެއީ އީރާނުގެ ބެލިސްޓިކް މިސައިލްތަކުގައި ބޭނުންކުރާ ސާމާނުކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: