ރޯޑް ޑިވެލޮމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޗެއާމަންގެ މަގާމުން މުހައްމަދު ޝާމީ އާދަމް ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބުނެފައިވަނީ އާރުޑީސީގެ ޗެއާޕާސަންގެ މަގާމުންނާއި އަދި އެ ކުންފުނީގެ ބޯޑުގެ މެމްބަރު ކަމަށް ޝާމީ އިއްޔެ ވަކިކޮށްފައިވާ ކަމަށެވެ.
މީގެއިތުރަށް ޕީސީބީން ބުނެފައިވަނީ ޝާމީ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑު މެމްބަރުކަމުންވެސް ވަކިކޮށްފައިވާ ކަމަށެވެ. ޝާމީ އެ މަގާމުން ވަކިކޮށްފައިވާ ސަބަބެއް ޕީސީބީން ބުނެފައެއް ނުވެއެވެ.
އާރުޑީސީގެ ޗެއާޕާސަންގެ މަގާމަށް ޝާމީ އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

