ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި މައްސަލައިގެ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި، ހެކި ބަސް ދޭން ނަރީޝް ބޭނުމެއް ނޫން

މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް، ރައީސް ޔާމީން އާއިއެކު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދިފާއީ ހެއްކެއްގެ ގޮތުގައި، ކޯޓަށް ހާޒިރުވެ ހެކި ބަސް ދޭން ނުވާކަމަށް މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ ރ. ފުއްގިރި މައްސަލައިގެ އަޑުއެހުމެކެވެ. އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ތާވަލު ކުރި އެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

އަޑުއެހުން ފެށުމުގެ ކުރިން ކޯޓަށް ނަރީޝްގެ އިތުރުން، އެފްއެސްމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ދެވެން ނެތްކަމަށް އަންގާފަ އެވެ. ދެ ބޭފުޅުންގެ މައްޗަށް ހައްޔަރު އަމުރެއް ނެރެ، ކޯޓަށް ހާޒިރު ކުރުމުގެ ފުރުސަތު އެބައޮތްކަމަށް މައްސަލަ ބައްލަވާ ގާޒީ ފާހަގަކުރެއްވުމުން ރައީސް ޔާމީންގެ ފަރާތުން ވިދަޅުވީ އެއްވެސް ބަޔަކަށް މަޖުބޫރުކަމެއް ނެތްކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ބައިތިއްބައި ހައްޔަރުކޮށްގެން، ހެކިބަސް ނެގުމަށް ބޭނުން ނުވާކަމުގައި ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތުން ނަރީޝްއާއި ޝުއާއުﷲ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރިކަން ސާބިތު ކުރުމަށެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދެ ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް ވަނީ ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް ޖުމްލަ 86 ހެއްކެއް ހުށަހަޅާފަ އެވެ.

އޭގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށަށް އިއުތިރާފުވެ ޖަލު ހުކުމެއްގައި ތިއްބަވަނިކޮށް އެމްޑީޕީގެ ސަރުކާރުން މިނިވަން ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.

މީގެއިތުރުން މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ދައުވާ ކުރި އަހުމަދު ކްރިކް ރިޒާގެ މައްސަލަ ދިގުލައިގެން ގޮސް ހުރަސްއެޅޭކަމަށް ގަބޫލު ކުރެވޭތީވެ އެ ދައުވާ ފައިލް ކުރުމަށް ދައުލަތުން ވަނީ ނިންމާފަ އެވެ.

މި މައްސަލަ އަލުން ކޯޓަށް ހުށަހަޅާ ގޮތަށް އަނބުރާ ގެންދިޔައީ 2023 ވަނަ އަހަރު އެވެ.

މައްސަލަ ފައިލް ކުރުމަށް ނިންމާފައި ވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާއި ހަވާލުވުމަށް ފަހު ދައުވާތައް ރިވިއު ކުރުމަށް ހުޅުވާލި ފުރުސަތުގައި ކްރިކް ރިޒާ މައްސަލަ ހުށަހެޅުމުންނެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ޕީޖީން ވަނީ މައްސަލަ ކުރިޔަށް ނުގެންގޮސް ފައިލް ކުރުމަށް ނިންމާފަ އެވެ.

ރައީސް ޔާމީންގެ ފަރާތުން ކްރިކް ރިޒާ ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވެއެވެ. މިއަދުގެ އަޑުއެހުމަށް ވެސް ބަލިހާލަތު ހުރި ގޮތުން ހާޒިރުވެވެން ނެތްކަމަށް އޭނާ އެންގި އެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް އެ ސަބަބާއި ހުރެ ވެސް ކުރިން ވެސް ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ އެވެ. މައްސަލައިގައި އަޑުއެހުންތައް ނުބޭއްވި ދިޔައީ ބަލި ހާލަތު ހުރި ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: