ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހޭ: އާދަމް ޝަރީފް

"އަންހެންވެރިންގެ ސައްލާ" ނިންމުމަށް ބޭއްވި ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަދި ވަޢުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރ މި އިލްތިމާސް ކުރެއްވީ އިއްޔެ ނިމުނު ”އަންހެންވެރިންގެ ސައްލާ“ ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމުގައި ކައުންސިލްތަކާއި ޑަބްލިޔު.ޑީ.ސީތަކަކީ ސަރުކާރުގެ ފަށަލައެކެވެ.

”ހުރިހާ ކައުންސިލްތަކާއި، ހުރިހާ ޑަބްލިޔު.ޑީ.ސީތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަދި ވަޢުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރަން،“ މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް، ލާމަރުކަޒީ ނިޒާމުގައި ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީން ކުރާ މަސައްކަތް ހުންނަންވާނީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅި ލާމެހިފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަހުގެ 29 އިން 30 އަށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ ”އަންހެންވެރިންގެ ސައްލާ“ އަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށްގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން ބޭއްވި މި ބާވަތުގެ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ކ، އއ، އދ، ވ އަދި މ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 59 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: