ދުޅަހެޔޮ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދޭން ޖެހޭ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މަސައްކަތުގެ މައިދާނުގެ ރައްކާތެރިކަމާ ބެހޭ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް 28 ވަނަ ދުވަހު ފާހަގަކުރާ ”ސޭފްޓީ އެންޑް ހެލްތް ޑޭ“ އާ ގުޅިގެން ދެއްވި ޚިޠާބުގައި މިނިސްޓަރު އަލިއަޅުވާލައްވާފައިވަނީ ދިވެހިރާއްޖޭގެ މަސައްކަތުގެ މާޙައުލަކީ ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމަށް ޤާނޫނު ނަންބަރު 2/2024 އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވާއިދުތައް އެކުލަވާލުމާއެކު، މި ޤާނޫނަށް ޢަމަލީ ސިފަ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށެވެ.
”ރައްކާތެރި އަދި ދުޅަހެޔޮ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ނިޒާމެއް މުވައްޒަފުންނަށް ޤާއިމުކޮށްދިނުމަށް ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަން،“ މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިހާރުވެސް އަންނަނީ ޤާނޫނު ނަންބަރު 2/2024 އާއި އެ ފަދα އެހެނިހެން ޤާނޫނުތައް މެދުވެރިކޮށް، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ލޯކަލް ކައުންސިލްތަކާއި ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް އެޑްވައިޒަރީ ކައުންސިލްގެ އިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) މެދުވެރިކޮށެވެ.

