ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕްގެ 26،000 އާލަތްތައް ހިފަހައްޓާ، 14.5 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވޭ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

26،000 އަށްވުރެ ގިނަ ވޭޕްގެ އާލާތްތައް ހިފަހައްޓާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އޮފީހުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަދުގެ ޒުވާންޖީލާއި މުސްތަޤްބަލްގެ ޖީލުތައް ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، މިހާރު ތަންފީޒުކުރަމުންދާ ގާނޫނުގެ ތެރެއިން 26 ހާސް ވޭޕްގެ އާލަތްތައް ހިފަހައްޓާ، 14.5 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވާކަމަށެވެ.

އަދި ޖެނެރޭޝަނަލް ބޭން އަށް ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ޖެނެރޭޝަނަލް ބޭން އަކީ ދިވެހިން ދުޅަހެޔޮ އާދަތަކަށް އަހުލުވެރި، ދުޅަހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޒުވާން ޖީލް ދުންފަތުގެ ތެރެއަށް ވަނުން ދުރުކުރެވި، ސިއްޙީ ހާލަތު ރަނގަޅު ވެގެންދާނެ ކަމަށެވެ.

01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމާފައިވާއިރު، ކާމިޔާބު ކަމާއެކު ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އިދާރާތަކުން ގެންދަވަނީ މަޝްވަރާކުރަމުންނެވެ.

މީގެއިތުރުން ރައީސް ވަނީ ސިނގިރޭޓުން ޑިއުޓީ ބޮޑުކޮށް، ބޭނުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުންކަމަށް ދެކެވޭ ވާހަކައިގައި ވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަގްސަދަކީ އެއީކަމުގައި ވާނަމަ، ދުންފަތް މަނާކޮށް ވޭޕް ބޭން ނުކުރީސް ކަމަށެވެ.

ސަރުކާރުގެ ބޭނުމަކީ ދުޅަހެޔޮ މުޖްތަމައުއެއް ބިނާކޮށް، ހުރިހާ ރައްޔިތުންނަކީ ވެސް ސިއްހީ ހާލަތު ރަނގަޅު ބައެއްކަަމުގައި ވުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖެނެރޭޝަން ބޭންއަކީ ވެސް ސިނގިރޭޓަށް ދެވި ހިފުން ހުއްޓުވުމަށް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: