ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައި.ވީ.އެފް ފަރުވާއަށް އާސަންދަ މެދުވެރިކޮށް 96 ފަރާތަކަށް ވަނީ ފޯރުކޮށްދެއްވާފައި: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއްކަމަށްވާ އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާއަށް އާސަންދަ ސްކީމް މެދުވެރިކޮށް 96 ފަރާތަކަށް ނިޒާމުގެ ތެރެއިން އެ ފުރުސަތު ފަހިކޮށްދެއްވާފައިވާކަމަށް ރައީސުމްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާއަށް އާސަންދަ ސްކީމްގެ ދަށުން މިހާތަނަށް 92 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދެވިފައިވާކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އާސަންދަ ސްކީމް މެދުވެރިކޮށް އައި.ޔޫ.އައި އަދި އައި.ވީ.އެފް ގެ ފަރުވާ ފޯރުކޮށްދިނުމަކީ ރައީސްގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެކެވެ. އެގޮތުން މި ފަރުވާތައް އަމިއްލަ ޚަރަދުގައި ކުރުމަށް ދަތިވާ ފަރާތްތަކަށް ދަޢުލަތުގެ އެހީއަށް އެދި ހުޅަހެޅުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރު މާރިޗް މަހުގެ 15 ވަނަ ދުވަހުއެވެ

އާސަންދައިން ދަރިމައިވުމުގެ ދަތިކަން ހުންނަ މީހުންނަށް ފަރުވާ ނުހޯދޭކަމުގެ ކަންބޮޑުވުން އޮތުމާ ގުޅިގެން، އާސަންދަ ކަވަރުކުރާ ޚިދުމަތްތަކުގެ ތެރޭގައި އައިވީއެފް އިތުރުކޮށް އެ ހިދުމަތްވެސް އާސަންދައިން ލިބޭނެ ގޮތް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

އެގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި އެންސްޕާއާއި އެކު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އާސަންދަ މެދުވެރިކޮށް ”އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ ގެ ފަރުވާ ފޯރުކޮށްދޭނެ އުސޫލެއް ވަނީ ޤާއިމްކުރެވިފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: