ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް-ފައިސާ މެދުވެރިކޮށް މުޅިން ހިލޭ ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ފައިސާ ފޮނުވޭ ޕްރޮމޯޝަންއެއް!

އުރީދޫ ޕްރޮމޯޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމް-ފައިސާ އާއި މަނީގްރާމް ގުޅިގެން ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އިތުރު ފީ އަކާ ނުލާ ފައިސާ ފޮނުވޭ ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި ކަސްޓަމަރުންނަށް މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި އޮފަރ ގެ ދަށުން އިތުރު ޗާޖަކާ ނުލައި 200 އަށް ވުރެ ގިނަ ގައުމަށް ފައިސާ ފޮނުވޭނެ އެވެ.

މި ލުއިތަކާއެކު ބޭރުގައުމުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް އެހީ ފޯރުކޮށްދިނުމަށް ވިޔަށް ނުވަތަ ބިސްނަސް ޕާރޓްނަރުންނަށް ފުވަން ޖެހޭ ފައިސާ ކަމުގައި ވިޔަސް އިތުބާރާއި އެކު ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.

ހަމައެއާއެކު، ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގެ ސަބަބުން އެމް-ފައިސާ ބޭނުންކުރައްވާ ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ހައްދަވަންޖެހޭ ޕޭމަންޓްތައް ހެދުން ފަސޭހަވެ އަގުހެޔޮ ވެގެންދާނެކަމަށްވެސް އުރީދޫއިން މައުލޫމާތުދެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނީ ކިހިނެއް؟

  • ކޭޝް-އިން: އެންމެ ކައިރީގައި ހުންނަ އެމް-ފައިސާ އެޖެންޓަށް ޒިޔާރަތްކޮށް ޑޮލަރުން ފައިސާ ޖަމާކުރާށެވެ.
  • ޓްރާންސްފާ: އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ ގެ ހިދުމަތް ހިޔާރުކުރައްވާށެވެ. އަދި ”SEND MONEY“ ހިޔާރުކުރައްވާ ފައިސާ ގެ އަދަދު ޖެއްސެވުމަށްފަހު ޕޭއައުޓް މެތަޑް ޚިޔާރުކުރާށެވެ.
  • ޓްރެކް ކުރުން: އެޕް މެދުވެރިކޮށް ޓްރާންސެކްޝަން ސްޓޭޓަސް ފަސޭހައިން މޮނިޓާ ކުރުވޭނެއެވެ.

ދުވާލަކު ޓްރާންސްފާ ކުރެވޭ އަދަދުވެސް އުރީދޫއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ގޯލްޑް ވޮލެޓަށް ދުވާލަކު 10،000 ޑޮލަރާ ހަމައަށް (ގިނަވެގެން 5 ޓްރާންސެކްޝަން) އަދި ސިލްވާ ވޮލެޓް: ދުވާލަކު 3،000 ޑޮލަރާ ހަމައަށް (ގިނަވެގެން 10 ޓްރާންސެކްޝަން) ހެދޭނެކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

އެމް-ފައިސާ ގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ހިދުމަތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ މަނީގްރާމް އާއި ގުޅިގެން ދެވޭ ހިދުމަތެކެވެ.

މި ޕާޓްނަރޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު މިވަނީ ފަހިވެފައެވެ. އަދި މި ތައާރަފް ކުރެވުނު އޮފަރ އާއި ރާއްޖެއިން ބޭރަށް އަގުހެޔޮކޮށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: