ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސާސީ 10 ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް ލިބޭނެ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް އެސްޓީއޯއިން ލިބެން ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި މިވަގުތު ދިމާވެފައިވާ ބޭހުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އެތައް ޕަސެންޓެއްގެ ފައިދާއާ އެކު ނަމަހަމަ ގޮތުގައި ބޭހުގެ ވިޔަފާރި ކުރި ފަރާތްތައް ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެކު ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްދުގައި ހުއްޓާލުމުން ވޭތުވެދިޔަ ދުވަސްތަކުގައި ބޭސް ލިބުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ.

ނަމަވެސް މިހާރު އެ ކަން ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން، އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި ހުރިހާ ބޭހެއް އެސްޓިއޯގެ ބޭސް ފިހާރަތަކުން ލިބެން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

“ އީއެމްއެލް ގެ 10 މެޑިސިން ނޫން ހުރިހާ މެޑިސިން އެއް އެސްޓިއޯގެ ބޭސްފިހާރަތަކުން ލިބެން ހުންނާނެ. އަދި އެ 10 މެޑިސިން ވެސް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ.“ 

މީގެ އިތުރުން، ބޭހުގެ އެޕްރޫވްޑް ލިސްޓުގައި ހިމެނޭ 1207 ޖެނެރިކް ބޭހުގެ ތެރެއިން 784 ބޭސް އެސްޓީއޯއިން މިހާރު ލިބޭއިރު، ބާކީ ހުރި ބޭސްތައް ވެސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، އަމިއްލަ ފަރާތްތަކުން އެންމެ ގިނަ ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް މިރޭއިން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެބަދަލު ގެނަސްފައިވަނީ ބޭސް ގެނައުމަށް ހިތްވަރު ދިނުމާއި ސްޓޮކް މެއިންޓެއިންކުރުމުގެ ގޮތުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: