ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ދުވަހުގެ ޝިއާރު: ”އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން“

ކުޅުދުއްފުށީ ސިޓީ ބޮޑު ޢީދު - ކުޑަކުދިންގެ ހަވީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ތަފްސީލުކޮށްދީފިއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ޝިއާރުން ބުނެދޭން ބޭނުންވަނީ ކުދިންނަށް އުފާވެރި ހަޔާތެއް އަދި ދުޅަހެޔޮ ކުރިމަގެއް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދެ ކަމަކީ މައިންބަފައިން ކުދިންނާ އެކު ހޭދަކުރާ އުފާވެރި ވަގުތާއި އަދި މައިންބަފައިންނާއި ކުދިންނާ ދެމެދު އޮންނަ އުފާވެރި ، ހަރުދަނާ ގުޅުން ކަމެވެ.

ޝިއާރުގައި ހިމެނޭ ބައިތަކުގެ ތެރެއިން ’އުފާވެރި ވަގުތު‘ މިއީ މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތައްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މި ވަގުތުތަކަކީ ކުދިންނަށް ލޯބި، އަޅާލުން އަދި ސަމާލުކަން ލިބޭ ވަގުތުތަކެއް ކަމަށެވެ. އަދި މި ކަންކަމުގެ ސަބަބުން އެ ކުދިންގެ ސަހުސިއްޔަތު ބިނާކުރުމަށް މަގުފަހިވެގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޝިއާރުގައި ހިމެނޭ ދެވަނަ ކަމަކީ ’އުފާވެރި ގުޅުން‘ އެވެ. މިއީ މައިންބަފައިން އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުމާއި، ދަރިންނާއި މައިންބަފައިންގެ ދެމެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމެވެ. އަދި މި ދެކަމުގެ ނަތީޖާ އަކީ ’އުފާވެރި ކުދިން‘ އެވެ. އުފާވެރި ވަގުތާއި އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އިތުބާރު ހުރި، އަމިއްލަ ނަފްސަށް ޔަޤީންކަން އޮތް، އުފާވެރި ދަރިންނަށް ވެގެންދެއެވެ.

މިނިސްޓްރީން ފާހަގަކުރަ ގޮތުގައި ”އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން“ މި ޝިޢާރަކީ ކުދިންގެ ތަރުބިއްޔަތާއި ބެހޭގޮތުން ވަރަށް މުހިންމު ޙަޤީޤަތެއް ހާމަކޮށްދޭ ޝިޢާރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: