އިންތިހާބީ ކާމިިޔާބީއަށް ރައީސް ޑރ މުހައްމަދު މުއިއްޒު އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސްްއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑުވަޒީރު ކަނޑައެޅުމަށް ކުރިއަށް ގެންދިޔަ އިންތިހާބުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކުރެވި ދެވަނަ ދައުރެއް ކަށަވަރުކުރެވިފައިވުމަށް އަލްބަނީސްއަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި ލިބިފައިވާ ކާމިޔާބުގެ ސަބަބުން އޭނާގެ ލީޑަރޝިޕަށް އޮސްޓްރޭލިއާގެ ރައްޔިތުންގެ ތެރޭގައި އޮތް އިތުބާރު ފެނިގެންދާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއާއި އޮސްޓްރޭލިއާގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި އަލްބަނީސްއާއިއެކު މަސައްކަތްތަކެއް ކުރެއްވުމަށް އުންމީދުކުރައްވާކަމަށެވެ.

