ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސަސައިޒް ”ބްލެކް މާލިން“ ސިލްސިލާގެ 5 ވަނަ އެޑިޝަން ފަށައިފި

އެމެރިކާއާއި އެކު ކުރިޔަށް ގެންދާ ބްލެކް މާލިން ހަރަކާތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކްސަސައިޒް ”ބްލެކް މާލިން“ ސިލްސިލާގެ 5 ވަނަ އެޑިޝަން ދިވެހި ދިފާއީބާރު (އެމްއެންޑީއެފް)އިން ފަށައިފިއެވެ.

އެމްއެންޑީއެފްއާއި އެމެރިކާގެ ދިފާއިބާރާއިއެކު ކުރިޔަށް ގެންދާ އެކްސަސައިޒް ”ބްލެކް މާލިން“ގެ 5 ވަނަ އެޑިޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ މައި ހެޑްކުއާޓާރސް ބަންޑާރަކޮށީގައެވެ.

މި އެކްސަސައިޒްއަކީ އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑުގެ ސިފައިންނާއިއެކު ކުރިޔަށް ގެންދާ އަސްކަރީ ހަރަކާތެކެވެ. އެގޮތުން، މިއަހަރު ކުރިޔަށް ގެންދާ ހަރަކާތް އިފްތިތާހްކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް، ހަރަކާތްތައް ފައްޓަވައިދެއްވީ، އެމްއެންޑީއެފްގެ މެރިން ކޯރ ކޮމާންޑުގެ ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޒުހުރީއެވެ.

މީގެއިތުރުން، އެކްސަސައިޒް އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު، ހިއުގޯ ޔޮންއާގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކް އަދި އެމްއެންޑީއެފްގެ ދައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ހަސަން ޝާހިދުގެ އިތުރުން ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ހަރަކާތްތައް ތަވާލުކޮށްފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާއި ނިޔަލަށް ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން، މި އަހަރުގެ ހަރަކާތްތަކުގައި ފަސް އެސްއެމްސީ ޕްރޮގުރާމް (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގުރާމް) ކުރިޔަށް ގެންދިޔަމަސް ވަނީ ހަމަޖެހިފައިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި އަހަރުގެ އެޑިޝަންގައި އެކުލެވޭ އެސްއެމްސީ ޕްރޮގުރާމުގެ ދަށުން އިންޓެލިޖެންސް، ލޮޖިސްޓިކްސް، މެޑިކަލް، އެކްޕްލޯސިވް އޯޑްނެންސް ޑިސްޕޯސަލްގެ އިތުރުން އިންފެންޓްރީއާއި ގުޅުންހުރި އެސްއެމްއީއީ ކުރިޔަށް ގެންދާނެކަމަށް އެމްއެންޑީއެފްއިން ބުނިއެވެ.

ދިވެހި އަސްކަރިއްޔާއާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ކުރިޔަށް ގެންދާ މި ހަރަކާތަކީ ސިލްސިލާ ގޮތެއްގައި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ކުރިޔަށް ގެންދާ ހަރަކާތްތަކެވެ. އެގޮތުން، މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ހަރަކާތުގައި ”ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގުރާމް“އެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެކި ގައުމުތަކުގެ ދިފާއީބާރާއިއެކު ކުރިޔަށް ގެންދެވޭ ހަރަކާތްތަކަކީ، ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް އިތުރު ތަޖުރިބާލިބި، އަސްކަރިއްޔާގެ ސިފައިންނަށް އިތުރު ތަމްރީނުތައް ލިބުމަށް މަގުފަހިކޮށްދެވޭ ކަމެއް ކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: