ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ފަނޑިޔާރުކަމުން ވަކި ކުރި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު އަދި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން މައްސަލަ ބަލައި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ނިންމައި ފޮނުވި މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ވަނީ އެ ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ކޮމިޝަނުގެ މައްސަލަ ބަލާ ކޮމިޓިން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓު ބަލައިގަނެ، ފާހަގަކޮށްފައިވާ ފިޔަވަޅުތައް ފަނޑިޔާރުންގެ މައްޗަށް އެޅުމަށް ކޮމިޝަނުން ނިންމީ މިއަދު އެވެ.

މައްސަލައިގައި ދެބޭފުޅުން ވެސް ވަކި ކުރުމަށް މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް އެޖެންޑާގައި މިހާރު ވަނީ ހިމަނާފަ އެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް، މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓުންނެވެ.

ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ބައިވެރިވެ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.

އެ މައްސަލައިގައި ނިންމާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިމްގަނޑާއި ހިލާފު އަމަލެއްކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، ތިން ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑު ކުރީ، އޭސީސީ ދީފައިވާ މައުލޫމާތުތަކެއްގެ މައްޗަށެވެ. އެ ތުހުމަތުތަކުގައި ސަސްޕެންޑު ކުރުމުން ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލަ ކުރިޔަށް ދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އޭސީސީ ބަލަމުން ދާ މައްސަލަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މީޑިއާތަކަށް ވެސް ނުލިބެ އެވެ. އަދި އެ ކޮމިޝަނަށް ފަނޑިޔާރުން ވެސް ހާޒިރުކޮށްފައި ނުވާއިރު މަހާޒާއި އަޒްމިރަލްދާ ދެ ފަހަރެއްގެ މަތީން ޖޭއެސްސީއަށް ހާޒިރު ކުރި އެވެ.

މި މައްސަލައިގައި ކުރަނީ ނެތް ތުހުމަތުތަކެއްކަމަށް ދެ ފަނޑިޔާރުންގެ ގާނޫނީ ވަކީލުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އަޒްމިރަލްދާގެ ފަރާތުން ފުލުހާއި އޭސީސީއަށް ވެސް އެ މައްސަލަ ހުށަހެޅިއިރު ޖޭއެސްސީއާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނާއި މީޑިއާތަކަށް ދިން މައުލޫމާތުތަކަށް އެ ކޮމިޝަނުން ވަނީ ރައްދު ދީފަ އެވެ.

އެންމެ ފަހުން އަޒްމިރަލްދާގެ ފަރާތުން މައްސަލަ ފުލުހަށް ހުށަހެޅީ، ޖޭއެސްސީއަށް އޭސީސީގެ ރައީސް ދޮގު މައުލޫމާތު ދިންކަމަށް ބުނާ މައްސަލަ އެކެވެ.

ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްކުރިއިރު، އަޒްމިރަލްދާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅި މައްސަލައެއް ބެލުމަށް، މި ކޮމިޓީން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: