ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ޖަވާބުދާރީ ވުމަށް އެޅޭ ހުރަހެއްނޫން: ހުސެއިން

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ޖަވާބުދާރީ ވުމަށް އެޅޭ ހުރަހެއްނޫން ކަމަށާއި ސަރުކާރު ހިންގުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ވިދާޅުވީ ރިޔާސީ އންތިހާބު ބޭއްވުމުގައި ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމްއަކަށް ދިއުމުން ވަރަށް ބޮޑަށް ހަރަދުތައް މަދު ކުރެވިގެން ދާނެ ކަމަށެވެ. އަދި ރިޔާއީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ މަގްސަދަކީވެސް އެއީކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ތިން ފަހަރުން ހިންގަން ޖެހޭ ހަރަދެއް އެއްފަހަރެއްގެ މަތިން ނިންމާލުމާއިއެކު ރާއްޖޭގެ ތަރައްގީއަށް ބޭނުންކުރާން އެފައިސާ ހުންނާނެ ކަމަށެވެ.

މެމްބަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ސިޔާސަތުތައް ކަމުނުދަނީ ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާ ކަންކަމަށްވާތީ ކަމަށެވެ. މެމްބަރު ވިދާޅުވީ މިއީ ބަޔަކު މީހުން އަލަށް ކުރަން އުޅޭ ކަމެއް ނޫން ކަމަށާއި މީހަކު ދުވަހަކު ތަޖުރިބާ ނުކުރާ ނިޒާމެއް ނޫން ކަމަށެވެ. ޕްރިފަރެންޝިއަލް ވޯޓިންގ ސިސްޓަމަކަށް ދާން ތަޖުރިބާ ހުރި ރައީސް ނަޝީދު މެން ފަދަ ބޭފުޅުން ތާއިދު ކުރައްވާފައިވާ ކަމަށް އެމްޕޯ ފާހަގަކުރެއްވިއެވެ.

ދެ އިންތިހާބުއެއް ކުރީމާ އަޅުގަނޑަކަށް ނުފެނޭ ރައްޔިތުންނަށް މީގެން ތަކުލީފެއް ނޫނީ ރައްޔިތުންގެ ހިޔާލެއް މީގެން ގެއްލޭ ކަމަކަށް. ބައްލަވާ މި ވޭތުވެދިޔަ ތިން އިންތިހާބު. މިސާލަކަށް 2008 ވަނަ އަހަރު ބޭއްވި އިންތިހާބު، އޭރު ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރައްވާފައި މަޖިލީހުގެ އަގުލަބިއްޔަތު ގާތްގަނޑަކަށް ހޯއްދެވި. އެހެންނަމަވެސް ފުލް އަގުލަބިއްޔަތެއް ނުހޯދުން. އޭގެފަހުން ރައީސް ޔާމިން އިންތިހާބަށް ވަޑައިގެންފަ ރައީސް ޔާމީނަށް ވަރަށް ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދެއްވި، އޭގެފަހުން އިބްރާހިމް މުހައްމަދު ސޯހިލް އިންތިހާބު ކާމިޔާބުކޮށްފަ ސުޕަރ މެޖޯރިޓީ ހޯއްދެވީ

މެމްބަރު ވިދާޅުވީ ރައްޔިތުން ވެރިކަން ހަވާލުކުރާ ފަރާތަކަށް ގައުމު ހިންގުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ދޭން ޖެހޭ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށް މެމްބަރު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑެތި އަގުލަބިއްޔަތު ދެނީ އެ ސަބަބަށްޓަކައި ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން އެއީ ސަރުކާރު ޖަވާބުދާރީ ވުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: