އަވައްޓެރި އިންޑިއާއި ޕާކިސްތާނުގެ ދެމެދު ހާލަތު ގޯސްވެ، ހަނގުރާމައެއްގެ މަލަމަތި ފެންނަން ފަށާފައިވާއިރު މިއީ އަމިއްލަ ގައުމު ހަލަބޮލި ކުރަން ނިކުންނަންވީ ވަގުތެއް ނޫންކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ،.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޯރިގް ވިދާޅުވީ، މިއީ ރާއްޖޭގެ ހާލަތު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލަންވީ ވަގުތެއް ނޫނެވެ. ހާއްސަކޮށް ރާއްޖެއާއި އެންމެ ކައިރީގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ދެމެދު އަނެއްކާވެސް ނުތަނަވަސްކަން އުފެދި ހަނގުރާމައެއްގެ މަލަމަތި ފެންނަން ފަށާފައިވާއިރު އޭގެ އެންމެ ބޮޑު އަސަރެއް ކުރާނެ ބަޔަކީ ދިވެހިންކަމަށް ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކަތީގެ އެތައް ބާވަތެއް ރާއްޖެއަށް ގެނައުމާއި، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އިންޑިއާއި މިވަގުތު ދިރިއުޅެމުންދާއިރު އެކަމާއި މެދު ދިވެހި ސަރުކާރުން ވިސްނަން ޖެހޭކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި ރާއްޖެއަށް އިންޑިއާއާއި ޕާކިސްތާން ސުލްހަ ކުރުމަށް ކިރިޔާވެސް މަސައްކަތެއް ކުރެވެން އޮތް ނަމަ އެ ދައުރު އަދާކުރަން ޖެހޭކަމަށް ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ ހަނގުރާމަ ފެށިއްޖެ ނަމަ ވަގުތީ ގޮތުން ވިޔަސް، އެ ގައުމުތަކުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ބަލައި ކާބޯތަކެތި އެކްސްޕޯޓު ކުރުން ހުއްޓާލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ސަރުކާރާއި މަޖިލީހުން މިއަދު މަޝްވަރާކޮށް ވިސްނަންވީ މިކަމާއި ގުޅޭގޮތުންކަމަށް އޭނާ ވިދާޅުވި އެވެ.
މި ހުރިހާކަމަކަށް ރިއާޔަތްކޮށް، އެންމެ ކައިރީގައި އޮތް ދެ ގައުމުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ މަސްރަހަށް ގެއްލުންވާނެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ތޯރިގު އިދިކޮޅަށް ގޮވާލި އެވެ.
ރާއްޖެފަދަ ކުޑަ ގައުމަކުން އެތެރޭގެ ކުދިކުދި މައްސަލަތައް ހިލުވާލައިގެން އެވަގުތެއްގައި އޮތް ސަރުކާރަށް އުނދަގޫ ކުރަން ޖެހޭ ހާލަތެއް ނޫން މިއަދަކު މިއޮތީ.. އަޅުގަނޑުމެންގެ ކުރީގެ ވެރިކަންތަކުގައި ފ. އަތޮޅުގެ ޕްރޮޖެކްޓު ސައުދީ އަރަބިއްޔާއާއި އެކީގައި ހިންގަން އުޅުނު ފ. އަތޮޅު ޕްރޮޖެކްޓު ވަނީ އޭރު އެމްޑީޕީން ރާވައިގެން ގަސްތުގައި އެ ޕްރޮޖެކްޓު ހުއްޓުވާފައި… ހުއްޓުވީމައި އެ ޕްރޮޖެކްޓު އެއް ބިލިއަނެއްހާ ޑޮލަރުގެ ޕްރޮޖެކްޓު ވަނީ ކެންސަލްވެފައި.. އޭގެ ބަދަލުގައި ހަމަ އެ މޮޑެލްގެ ޕްރޮޖެކްޓެއް އެ އޮތީ ރެޑްސީފައި ފަށާފައި.. 2030 އާއި ހިސާބަށް އެތަން ނިންމަން އެދަނީ.. ހުޅުމާލޭގައި ބިންގާ އެޅިގެން ދިޔަ ޕްރޮޖެކްޓަކީ އެ ޒާތުގެ ޕްރޮޖެކްޓެއް.. ފަހަރުގައި ހުރިހާ އެންމެނަށް ހުރިހާ މައުލޫމާތެއް ލިބިފައި ނެތީމައި ފާޑުފާޑުގެ ވާހަކަތައް ދެއްކިދާނެ..
އެމްޑީޕީން ނިކުމެ އަނެއްކާވެސް ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރަނީ ތޯރިގު ވިދާޅުވި ގޮތުގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ޕްރޮޖެކްޓާއި ގުޅުވައެވެ. 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯންއެއް ގާއިމު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، ސެންޓަރުގެ ބިންގާ އަޅާފައިވާއިރު، އެ ޕްރޮޖެކްޓާއި ދެކޮޅަށް އެމްޑީޕީ ދަނީ އަޑުއުފުލަމުންނެވެ.
ތޯރިގު ވިދާޅުވީ ލިބޭ ފުރުސަތެއްގައި ގެއްލުންވާ ގޮތަށް އަމަލު ކުރުން ރަނގަޅެއް ނޫންކަމަށެވެ. އަދި ރާއްޖެ ފަދަ ނާޒުކު އިގްތިސާދެއް އޮތް، ބޮޑެކުރީގެ ރައީސް އަބްދު
ތޯރިގު ވިދާޅުވީ މިފަދަ އިންވެސްޓްމަންޓުތައްކޮށް ޕްރޮޖެކްޓުތައް ހިންގުމުން އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކުރާނީ ދިވެހިރާއްޖެއަށް ކަމަށެވެ.ތި ދަރަނިތައް ދައްކަން ޖެހިއޮތް ގައުމަކުން އެތެރޭގެ ހާލަތު ހަލަބޮލި ކުރަން މަސައްކަތް ކުރުން ހުއްޓާލަން ޖެހޭކަމަށް ތޯރިގު ވިދާޅުވި އެވެ.
އެމްޑީޕީ ވެރިކަމުގައި އޮތް އިރު، އެ ސަރުކާރު ވައްޓާލުމަށް އިދިކޮޅުގައި އޮވެ އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި އޭރު އިދިކޮޅުގައި އޮވެ އަބަދުވެސް ފާހަގަކުރަމުން ދިޔައީ ސަރުކާރުގެ ގޯސްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަށެވެ.

