ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕައިލެޓްކަން ކިޔަވަމުންދާ ބައެއް ދަރިވަރުންނާއި ބައްދަލުކޮށް، މިނިސްޓަރު ކަންބޮޑުވުންތައް އަޑު އައްސަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ސްޕެއިންގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ބައެއް ދަރިވަރުންނާއި އޮންލައިންކޮށް ބައްދަކުރައްވައިފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ ލޯނުގެ ދަށުން، ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓްކަން ކިޔަވަމުންދާ ބައެއް ދަރިވަރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ، މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންނަށް މިނިސްޓަރާއި މިނިސްޓްރީގެ އިސް ބޭފުޅުންނާއި މުޙާތަބުކޮށް، ދަރިވަރުންގެ ކަންބޮޑުވުންތަށް ޙިއްސާކުރުމުގެ ފުރުޞަތު ފަހިކޮއްދިނުމެވެ. އެގޮތުން، މިނިސްޓަރ ޑރ. ހައިދަރު ވަނީ ދަރިވަރުންގެ ކަންބޮޑުވުންތަށް ތަފްސީލުކޮށް އަޑުއައްސަވައި، ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައިކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މިފަދަ ބައްދަލުވުންތަކަކީ ދިވެހިރާއްޖެ އިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ އެކި މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ އެހީ އާއި އެއްބާރުލުން މިނިސްޓްރީގެ ފަރާތުން ފޯރުކޮއްދިނުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުންތަކެއްކަމަށް މިނިސްޓްރީއިން ބުންޏެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަށްފަދަ ދަރިވަރުންގެ އިޚްތިޔާރުން ބޭރުން ދިމާވާ މައްސަލަތަކުގެ ސަބަބުން ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ކޯހުގެ މުއްދަތު ދިގުލާ ދިޔުމާއި ގުޅިގެން ދިމާވާ މާލީ ދަތިތަކާއި ގުޅިގެން ވަނީ މަޝްވަރާ ކޮށްފައިވާކަމަށްވެސް ބުންޏެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރ ޑރ. ޢަލީ ހައިދަރުގެ އިތުރުން ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުޢްރަހީމް ހަސަން، ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނަދާ މުޙައްމަދު، ޑައިރެކްޓަރ ޖެނެރަލް، މަރްޔަމް މުޙައްމަދު އަދި ސްޓޫޑަންޓް ލޯނު ސެކްޝަންގެ ޑައިރެކްޓަރ، ފާތިމަތު ޝިނާން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: