ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މާޗު މަހުގައި ބޭރު ފައިސާގެ ރިޒާވު 46 އިންސައްތަ އިތުރު: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ މާޗު މަސް ނިމިގެންދިޔައިރު ބޭރު ފައިސާގެ ރިޒާވުގައި ހުރި އަދަދު 46 އިންސައްތަ އިތުރުކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ އިކޮނޮމިކް އަޕްޑޭޓްގައި އެ އިދާރާއިން ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއިން ފާހަގަކުރެވޭ އެކި މައުލޫމާތުތައް އާންމުކޮށްފައެވެ. އެމްއެމްއޭއިން ބުނެފައިވާގޮތުން 2024 ވަނަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖެއިން މުދާ އެކްސްޕޯޓުކުރެވުނު މިންވަރު 3 އިންސައްތަ އިތުރެވެ. ނަމަވެސް މި މުއްދަތަކުގައި މުދާ އިމްޕޯޓުކުރެވުނު މިންވަރު އިތުރުވެގެންދިޔައީ 1 އިންސައްތައިންކަމަށް ވަނީ ބުނެފަ އެވެ.

އެކްސްޕޯޓު ކުރި މިންވަރު އިތުރުުވެގެންދިޔަ މައިގަނޑު ސަބަބެއްކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ކަޅުބިލަމަހާއި ކަންނެލި ބޭރުކުރެވުނު މިންވަރުއިތުރުވެ އާމްދަނީ އިތުރުވެފައިވުމެވެ. ނަމަވެސް ރާއްޖެއަށް އިމްޕޯޓުކުރުމަށްފަހު އަލުން އެކްސްޕޯޓުކުރެވޭ ޖެޓްފިއުލް ފަދަ ބާވަތްތަކުގެ އާމްދަނީން ދަށްވުމެ ފާހަގަކުރެވޭކަމަށް ވަނީ ބުނެފަ އެވެ. އަދި އިމްޕޯޓު މުދަލުގެ މިންވަރު އިތުރުވެފައިވަނީ ކާބޯތަކެއްޗާއި ކަރަންޓު ސާމާނު އިމްޕޯޓުކުރެވުނު އަދަދުގެ އިތުރުން މެޝިނަރީގެ ބާވަތްތައް އިމްޕޯޓުކުރި މިންވަރު އިތުރުވެފައި ވާތީ އެވެ. ނަމަވެސް ޕެޓްރޯލިއަމްގެ ބާވަތްތަކާއި ފަރުނީޗަރު އަދި ފިޓިންގްސް ފަދަ ތަކެތި އިމްޕޯޓުކުރި މިންވަރު ދަށްވެފައިވާކަން ފެނިގެންދާކަމަށާއި ޖެނުއަރީ މަހާއި އަޅާބަލާއިރު މާޗު މަހުގެ ތެރޭގައި އެކްސްޕޯޓުކުރި މިންވަރު 9 އިންސައް އިތުރުވެފައިވާކަން ފެނިގެންދާކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުން މި އަހަރުގެ މާޗު މަސް ނިމިގެންދިޔައިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވުގައި ހުރި އަދަދު 791 މިލިއަން ޑޮލަރަށް ދަށްވެގެންދިޔައެވެ. އެގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި 832.1 މިލިއަން ޑޮލަރު ރިޒާވުގައި ހުރިކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިއީ 2024 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރިޒާވުގައި ހުރި ވަރަށް ވުރެ 46 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އެ އަހަރުގެ މާޗު މަހުގެ ތެރޭގައި ރިޒާވުގައި ހުރީ 541.8 މިލިއަން ޑޮލަރުކަމަށްވާއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުރި އަދަދަށްވުރެ 5 އިންސައްތަ ދަށްކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: