ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިނޭ ކުރުމާއި ޖުވާ ކުޅެ، މަސްތުވުން ފަދަ ފާހިޝް ކަންކަމަކީ ނަމާދާ ދުރުކުރުވާ ކަންކަން: ޚުތުބާ

ހުކުރު ހުތުބާގެ ތެރެއިން: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިނޭ ކުރުމާއި ޖުވާކޮށް މަސްތުވުން ފަދަ ފާހިޝް ކަންކަމަކީ ނަމާދާއި ހެޔޮ އަމަލު ކުރުމަށް ހުރަސް އަޅާ ކަންކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

”ތަޤްވާވެރިންނަކީ މާތް ﷲ ހަނދުމަ ކުރާ މީހުން“ މި މައުޟޫގެ މައްޗަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ ނަމާދު ޤާއިމު ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން އިންސާނުންގެ އަމަލުތަކުގެ ތެރެއިން ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދުގެކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ނަމާދު ޤާއިމު ކުރުމަކީ މަރު އަމާންވާ ކަންކަމުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ.

އެއީ ކަށްވަޅުގެ އެކަނިވެރިކަމުންނާއި، އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް، ޤިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް

މީގެ އިތުރުން، ހަވާނަފްސުގެ އެދުންތަކާއި ފާހިޝް ކަންކަމުން ދުރުވެ ތިބުމަށްވެސް ޚުތުބާގައި ގޮވާލާފައިވެއެވެ. އެގޮތުން ޒިނޭ ކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޖުވާކުޅުން ފަދަ ފާހިޝް އަމަލުތަކަކީ ނަމާދު ޤާއިމުކޮށް، ހެޔޮ އަމަލު ކުރުމަށް ހުރަސް އެޅޭ ކަންކަން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ދުނިޔޭގެ ދިރިއުޅުމުގައި ދިމާވާ އެކިއެކި ނުރައްކާތަކުން ދުރާލާ ސަލާމަތްވުމަށް އެންމެންވެސް މަސައްކަތް ކުރާ ބީދައިން އާޚިރަތުގެ ބިރުވެރިކަމުން ސަލާމަތްވުމަށްވެސް ދުރާލާ މަސައްކަތް ކުރަން ޚުތުބާގައި ގޮވާލާފައިވެއެވެ. އެގޮތުން ކިތަންމެ ފިޔަވަޅެއް އަޅާފައިވީނަމަވެސް، މަރު އެމީހަކާ ބައްދަލުވާ ހިނދު އެކަމުން ރެކެވެން ނޯންނާނެކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

އެހެންކަމުން ޤުރުއާނާއި ސުންނަތުގެ އަލީގައި ދިރިއުޅުން ބައްޓަން ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ބިންހެލުމެއް އަތުވެދާނެތީ، ނުވަތަ ސުނާމީއެއް އަރައިފާނެތީ، ނުވަތަ ފުރާޅުތައް އުކާލައި ގަސްތައް މުލުން ލުހެލައި، ގެދޮރު ސުންނާފަތިކޮށްލަނިވި ގަދަ ކޮޅިގަނޑުތައް ދެކެ ތިމާ ބިރުގަންނައިރު، އެއްވެސް ޝައްކެއް ނެތި ކަށަވަރުވަނިވި ދުވަހާމެދު ބިރުވެތިވާން ހަނދާން ނެތީކަމީ އަޖައިބެއް، އެ ދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަ ހުރި ކަމެއް

މީގެ އިތުރުން، ތަޤުވާވެރިންނަށް ހުރި އެކިއެކި ނިއުމަތްތަކުގެ މައްޗަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: