ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއެމްއެފްއިން ޕާކިސްތާނަށް އެހީ ދިނުމާއި ދެކޮޅަށް އިންޑިއާއިން ވަކާލާތު ކުރާނެ!

އިންޑިއާ އަދި ޕާކިސްތާނުގެ ދިދަ: ފޮޓޯ/ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއެމްއެފްއިން ޕާކިސްތާނަށް މާލީ އެހީތެރިކަން ދިނުމާއި ދެކޮޅަށް އިންޑިއާއިން ވަކާލާތުކުރާނެކަމަށް ބެލެވޭކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ނޫސްތަކުން ބުނާގޮތުން ބައިނަލްއަގުވާމީ މާލީ މުއައްސަސާ އައިއެމްއެފްއިންދަނީ ޕާކިސްތާނަށް ދިނުމަށް ކަނޑައެޅިފައިވާ ޖުމުލަ 7 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމުގެ ޕެކެޖުގެ ތެރެއިން އިންސްޓޯލްމެންޓެއް ހަވާލުކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްތައް ކުރަމުންކަމަށެވެ. ނަމަވެސް އިންޑިއާއިން މިކަމާއި ދެކޮޅަށް ވަކާލާތުކޮށް ޕްރެޝަރުކުރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

އައިއެމްއެފް އަދި އިންޑިއާ ދެމެދު ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވަނީ އެ ގައުމާއި ޕާކިސްތާނުގެ ދެމެދު މަސްލަހަތު ގެއްލި އިންތިހާއަށް ހާލަތު ގޯސްވެފައިވަނިކޮށެވެ. ހަމަލާ ބަދަލުކުރުންތައް ކުރިއަށް ގެންގޮސްފައިވާއިރު ކަރަންޓު ކެނޑިގެންދިއުންވެސް ފާހަގަކުރެވިފައިވެއެވެ. އަދި ޕާކިސްތާނުން އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަކަށް ޑްރޯން ބޭނުންކޮށްގެނާއި މިސައިލު ބޭނުންކޮށްގެން ހަމަލާތަކެއް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް އިންޑިއާއިން ތުހުމަތުކޮށްފައިވެއެވެ. ނަމަވެް ޕާކިސްތާނުންވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ގައުމުން ބުނެފައިވާގޮތުން އެފަދަ ހަމަލާއެއް ދީފައިވާނަމަ އެކަން ސިއްރު ނުކުރާނެކަމަށެވެ.

އިންޑިއާގެ ފޮރިން ސެކެޓްރީ ވިކްރަމް މިސްރީ ވިދާޅުވީ، އެ ގައުމުގެ ހިޔާލުތައް އައިއެމްއެފްއަށް ހުށައަޅާނެކަމަށެވެ. އަދި އައިއެމްއެފް ބޯޑުން އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކަށް ރަނގަޅަށް ގާތުން ބަލާލުން މުހިންމުކަމަށް ސިފަކޮށްފައިވާއިރު ބެއިލްއައުޓްތަކުގެ ކާމިޔާބު މިންވަރުވެސް ދެނެގަތުން މުހިންމުވެގެންދާކަން ހިއްސާކުރެއްވިއެވެ.

ވޯލްޑް ބެންކުގެ ރައީސް އަޖޭ ބަންގާވެސްވަނީ މި މައްސަލަ ފެށުނު ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއާއި ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާއިން އިންޑަސް ވޯޓާރ ޓްރީޓީއަށް އަމަލުކުރުން ހުއްޓާލާފައިވާނަމަވެސް ދެ ގައުމުގެ ދެމެދު އުފެދިފައިވާ މައްސަލައިގެ ތެރެއަށް ނުވަންނާނެކަން ހާމަކޮށްފައިވެއެވެ. ނަމަވެސް އޭނާވަނީ އެއްބަސްވުން ސަސްޕެންޑުކުރެވޭނެ އެއްވެސް ހަމައެއް ބާޔާންކުރެވިފައިނުވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރެވެން އޮތްކަމަކީ އުވާލުން ނޫނީ އައު އެއްބަސްވުމެއް އެކުލަވާލުންކަމަށް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: