ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ނުފޫޒު ހުރިހާ ދާއިރާއަކަށް ވެސް އެބައޮތް، ޖަވާބުދާރީ ކުރެވޭ ދޮރުތައް ވަނީ ބަންދުކޮށްފައި: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާ ހިމެނޭ ގޮތަށް، ކޮންމެ މުވައްސަސާއެއް މިހާރު ހިންގަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒުގެ ތެރެއިންކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޝަމްހީދު ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައި ސަރުކާރުން ފަނޑިޔާރުގެއަށް ބާރު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

ޝަމްހީދު ވިދާޅުވީ އޭނާއަކީ އެމްޑިޕީގެ މެމްބަރެއް ނަމަވެސް އޭގެ މާނައަކީ ގައުމަށް މި ދައުރުގައި ދެރަ ގޮތްވުމަށް އެދުން ނޫންކަމަށެވެ. އަދި ރައީސް މުއިއްޒު އެމަނިކުފާނުގެ ހަރު އުމުރުގައި ވެރިކަމާއި ހަވާލުވުމުން، ދެން ގައުމުން ފެންނާނީ ހެޔޮ އީޖާދީ ބަދަލުތަކެއްކަމަށް އުންމީދު ކުރިކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ފެންނަނީ، ސަރުކާރުގެ ނުފޫޒާއި ބާރުކަމަށެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ފަސޭހަކަމަކަށް ހަދައި، މަދު ގަޑިއިރެއްގެ ތެރޭގައި ތަސްދީގުކޮށް ނިންމީ މި ސަރުކާރުންކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ގަބޫލު ކުރަން އެބަޖެހޭ މިއީ ހަމައެކަނި ސުޕްރީމް ކޯޓާއި ހަމައިގައި އޮތްކަމެއް ނޫންކަން.. ޖުމްހޫރިއްޔާގެ މި ދައުރު… އަޅުގަނޑުމެން ވެސް އެދުނީ ވަރަށް ޒުވާން ބޭފުޅަކު ގައުމުގެ ވެރިކަމާއި ހަވާލުވުމުން ރަނގަޅު ބަދަލެއް އަންނާނެކަމަށް.. ޒަމާނީ ގޮތްތަކަށް ގައުމުގެ ކަންކަން ބައްޓަންވާނެކަމަށް..

މިނިވަން މުވައްސަސާތައް މިއަދު އޮތީ ރައީސް މުއިއްޒުގެ ކޮންޓްރޯލް ދަށުގައިކަމަށް ތުހުމަތު ކުރައްވައި ޝަމްހީދު ވިދާޅުވީ ބައެއް ކޮމިޝަންތަކުގެ މެމްބަރުން އައްޔަނު ކުރުމާއި ރައީސް ކަނޑައެޅުމުގެ އުސޫލަށް ބަދަލު ގެނެސްފައި ވަނީ އެ ބޭނުމުގައި ކަމަށެވެ.

ފަހަރަކު ދާއިރާއަކުން ގޮސް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ހުއްޓުވައި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިއިރު އެކަމާ މެދު ކަންބޮޑުވާ އިތުރު ބަޔަކު ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ޖަވާބުދާރީ ކުރުވަން ބަލާއިރު، މަޖިލީހުގެ ތެރެއިން ސަރުކާރުގެ މެމްބަރުން އެ ފުރުސަތު އިދިކޮޅަށް ނުދޭކަމަށެވެ. އަދި ވަޒީރުން ހާޒިރު ކުރުމުގައި އެތައް ދަތިތަކެއް ހުރިއިރު، ވަޒީރު ހާޒިރު ކުރުމަށް ފަހު ވެސް ވަކިވަކި ސުވާލުތައް ނުކުރެވޭނެކަމަށް ބުނެ ރިޔާސަތުން ހުރަސްއަޅަމުން ގެންދާކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޝަމްހީދު ވިދާޅުވީ، މިފަހަކަށް އައިސް އެ ކޮމިޓީން ކުރަމުންދާ އެއް މަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއަމަންޓް އަދި ލިބެންހުރި ފައިސާއާ ގުޅޭ ކަންކަން ބެލުން ކަމަށެވެ. އެގޮތުން އެޗްޑީސީއަށް އަމިއްލަ ފަރާތްތަކުންނާއި އެހެނިހެން އެސްއޯއީތަކުން ލިބެންހުރި ފައިސާއާ ގުޅޭ ރިޕޯޓެއް ނިންމާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވިގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ އެޗްޑީސީއަށް ދައްކަން ޖެހިފައިވަނީ އެމްޕީއެލްއިންނެވެ. އެއީ ބިމެއް ބަލައިގަތުމަށްފަހު ދައްކަންޖެހޭ ފައިސާ ކަމަށާއި، ނަމަވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބި ވަނީ އެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަނުވާތީ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: