ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ އަތޮޅުން އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭއަށް ކުރަމުންދާ ބޯވިއްސާރައާއި ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ތ އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލެއް ނެރެފިއެވެ.

މި ސަމާލު ނެރެފައި ވަނީ މިރޭ 9:00 ގެ ނިޔަލަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް، ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެ، ވިލާގަނޑުގެ ބާރުމިން ގަޑިއަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެއިތުރުން، ފާއިތުވެގެންދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް މޫސުމާ ގުޅޭ ސަމާލު މެޓް އޮފީހުން ވަނީ ނެރެފައެވެ.

މި ހާލަތާ ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާއިން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: