ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިވޭ ބޭރުން ސަރަހައްދެއް ހިއްކައި ރޭސިން ޓްރެކް އަޅަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލްއާ ހަވާލުކޮށްގެން މާލޭ ސަރަޙައްދުގައި ރޭސިންގ ޓްރެކެއް އެޅުމުގެ މަސައްކަތްކުރިއަށްދާކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ބުނެފިއެވެ.

މާލޭ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން ނިންމާފައިވަނީ ބްރިޖު ހައިވޭ ބޭރުން ސަރަހައްދެއް ހިއްކައިގެންނެވެ. އަދި މި ރޭސިން ޓްރެކް އެޅުމަށް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފައެވެ.

ރޭސިން ޓްރެކްގެ މަސައްކަތަކީ އެމްއޭސީއެލުން އިންވެސްޓްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި ޓްރެކް ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގައި ހުންނާނެ ސޯލަރ ޕެނަލްތަކެއް ހުރި ސަރަހައްދު ހިއްކައިގެންގެންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރޭސިން ޓްރެކް އެޅުމާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއިން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ބައްދަލުވުމެއް ވެސް ބާއްވާފައި ވެއެވެ. މި ބައްދަލުވުމުގައި ރޭސިން އެސޯސިއޭޝަން އާއި އެމްއޭސީއެލް އަދި ޕްލޭނިން މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހައިވޭގެ ބޭރުން ސަރަހައްދެއް ހިއްކައިގެން ރޭސިންގ ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ މީހުން އުޅޭ ސަރަހައްދުގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ނުބެލެވޭތީކަމަށް ވުޒާރާއިން ބުންޏެވެ. އަދި ރޭސިންގ ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދަކަށްވާތީކަމަށް މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ގިނަ ދުވަސްތަކެއްވަންދެން ހައްލުނުވެ އޮތް ރޭސިން ޓްރެކްގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވަައިދެއްވުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: