ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ކުއްޖަކަށް ޢާއިލާއެއް ޕްރޮގްރާމުގެ ދަށުން 70 އަށްވުރެ ގިނަ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދެވިއްޖެ: މިނިސްޓަރ

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށްގެންދާ ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމުގެ ތެރެއިން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 70 އަށްވުރެ ގިނަ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީއިން ކުރިއަށްގެންދާ ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމަކީ ޢާއިލާތަކުގެ ހާލަތު ބަދަލުކޮށްގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ އާއިލާތަކަށް ގެންދިއުމާއި، ފޮސްޓަރިން ނިޒާމުގެ ތެރެއިން ކުދިންނަށް އާއިލާތައް ހޯދައިދިނުމަށް ކުރިއަށް ގެންދާ ވަރަށް ޚާއްސަ މަސައްކަތެއްކަމަށް މިނިސްޓްރީއިން ފާހަގަކުރެއެވެ.

ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގްރާމުގެ ދަށުން ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް ވަގުތީގޮތުން ކުދިން ފޮސްޓަރކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިގެން ގޮސްފައެވެ.

ފޮސްޓަރިންގެ ތެރެއިންނާއި، ރީ-އިންޓަގްރޭޝަންގެ ތެރެއިން ދައުލަތުގެ ތިބި ކުދިންނަށް އާއިލީ ވެއްޓެއް ހޯދުމަށް މިނިސްޓްރީއިން މަސައްކަތްކުރަމުން ގެންދާ އެންމެ ބޮޑު ސަބަބަކީ ކުދިންގެ ހެދިބޮޑުވުމާއި ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެންމެ ރަނގަޅީ، އާއިލީ ގުޅުންތައް ތަޖުރިބާކުރެވޭނެ ރައްކާތެރި އާއިލީ ވެއްޓެއްގައި ކުދިން ހެދިބޮޑުވުންކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބޭހޭ ވަޒީރު ޑރ ޢައިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: