ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް 2.0 ގެ ތެރޭގައި އީ – ވޯޓިން މަސައްކަތްތަކެއް ނެތް: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް 2.0 ގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތްތަކުގެ ތެރޭގައި އީވޯޓިންގް މަސައްކަތްތައް ނުހިމެނޭކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް 2.0 ގެ ނަމުގައި އިފްތިތާހުކޮށްފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތްތަކާއި ގުޅޭގޮތުން ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްވަނީ އެކްސްގައި މެސެޖެއް އާންމުކޮށްފައެވެ. މަހުލޫފް ވިދާޅުވީ، މޯލްޑިވްސް 2.0 ގެ ނަމުގައި ފެށިފައިވާ މަސައްކަތްތައް މެދުވެރިކޮށް ސަރުކާރުންދަނީ ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިންގ ތައާރަފްކުރުމަށް އުންމީދުކުރަމުންކަމަށެވެ. އަދި އޭނާ އެކަމާއި ދެކޮޅުކަމަށާއި މިހާރުވެސް ރާއްޖޭގައި ރިޔާސީ އިންތިހާބުގެ ނަތީޖާ 2 ގަޑީރުގެ ތެރޭގައި ސާފުވެގެންދާކަމަށެވެ.

މަހުލޫފް ވިދާޅުވީ، މިހާރު އޮތް ގޮތުގެ މަތިން ޔަގީންކަމާއިއެކު ބޭނުން މިހާކަށް ވޯޓު ދީ އޮޅުވާނުލެވޭނެކަން ޔަގީންކުރެވިފައިވާކަމަށެވެ. އަދި އީވޯޓިންގެ ނިޒާމެއް އޮތް ގައުމުތަކުންވެސް ދަނީ ވޯޓު އޮޅުވާލުމުގެ ތުހުމަތުތައް ކުރެވޭކަމަށްވުމުން އެ ނިޒާމު ބަދަލުކުރަމުންކަމަށް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ވޯޓައި ކުޅެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ފުރުސަތު ނުދެއްވާނެކަމަށެވެ.

މަހުލޫފްގެ ވާހަކަތަކަށް މިނިސްޓަރ އިހުސާންވަނީ ރައްދު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ މޯލްޑިވްސް 2.0 މަސައްކަތްތަކުގެ ތެރޭގައި އީވޯޓިންގެ މަސައްކަތްތައް ނުހިމެނޭނެކަން ތަކުރާރުކޮށް ފާހަގަކުރައްވާފައިކަމަށެވެ. އަދި މި ވާހަކަތައް ހިއްސާކުރެއްވީ ރައީސް ޑރ މުއިއްޒުގެ އަރިހުގައި އެސްޓޯނިއާއަށް ވަޑައިގެންނެވި އަދި މޯލްޑިވްސް 2.0 ތަންފީޒުކުރުމުގެ ޒިންމާވެސް އޮތް ވަޒީރުގެ ހައިސިއްޔަތުންކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ރައީސް ވަނީ އީވޯޓިންގް ނޫން އެސްޓޯނިއާގައި ދެމުންދާ އެހެނިހެން ހިދުމަތްތައް ދޭނެކަމަށް ވިދާޅުވެފައިކަމަށެވެ. އަދި މިކަމުގެ ފަހުތުގައި އޮތީ ކޮރަޕްޝަން ނައްތާލުމާއި ހަރަދުކުޑަކުރުންކަމަށް ހިއްސާކުރެއްވިއެވެ. އިހުސާން ވިދާޅުވީ، މޯލްޑިވްްސް 2.0 ގެ މަގުސަދަކީ ހިދުމަތްތައް އަވަސްކުރުމާއި ރައްޔިތުންނަށް ލުއިތަކެއް ލިއްބައިދިނުންކަމަށެވެ. އަދި އެކަމުގެ ފަހަތުގައި އީވޯޓިންގް ނުހިމެނޭކަމަށާއި ބައެއް ކަންކަމަކީ ގައުމަށްޓަކައިސިޔާސީ ދެބަސްވުންތައް އެއްކިބާ ކުރަންޖެހޭ ކަންކަންކަމަށް ވިދާޅުވިއިރު މިހާރު ކުރެވެމުންދަނީ އެފަދަ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: