ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަބަދުވެސް ބަލަނީ ސަރުކާރަށް ޖެއްސުންކޮށް، އުނދަގޫ ކުރެވޭތޯ: އިބްރާހިމް

ރަައްޔިތުން މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގައި އޮވެ އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރަނީ އޭރެއްގެ ސަރުކާރަކަށް އުނދަގޫކޮށް ޖެއްސުން ކުރުމާއި އެކު ވެރިކަން ވައްޓާލުމަށްކަމަށް ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

ބައެއް ގާނޫނުތަކަށް ބަދަލު ގެނައުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް މުވައްސަސާތަކާއި އިދާރާތައް ކޮންޓްރޯލް ކުރުންކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި އިބްރާހިމް ވިދާޅުވީ މިވީ ދޮޅު އަހަރުގެ ތެރޭގައި ނުފޫޒުގެ ބޭނުމުގައި ސަރުކާރުން ކުރި އެއްވެސް މަސައްކަތެއް ނެތްކަމަށެވެ. މެމްބަރު ވިދާޅުވީ ނުފޫޒުގެ ވާހަކަ ދެއްކުމަށް އެމްޑީޕީއަށް އެއްވެސް ހައްގެއް ލިބިގެން ނުވާކަމަށާއި ބާރު އޮތް ދުވަހު އޭގެ ބޭނުން އެންމެ ބޮޑަށް ނަހަމަ ގޮތުގައި ހިފި ޕާޓީއަކީ އެއީކަމަށެވެ.

ގާނޫނީ ސަރުކާރެއް އުފެދިގެން އައިތާ މާ ގިނަ ދުވަހެއް ނުވެ، އޭރު އޮތް 19 ވަނަ މަޖިލީހުން ގަވައިދަށް ބަދަލުތަކެއް ގެނެސް ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަސައްކަތް ފެށިކަން ފާހަގަކުރައްވައި އިބްރާހިމް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް އިތުރު އެފަދަ ފުރުސަތެއް ދޭން ބޭނުން ނުވާކަމަށެވެ. އަދި އޭގެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ބޮޑުތަނުން ނާކާމިޔާބުވެ މަދު އަދަދެއްގެ ގޮނޑި ލިބުނު ސަބަބަކީ އެއީކަމަށް ވިދާޅުވި އެވެ.

ރައްޔިތުންނަށް އެގެން އެބައޮތް މިބޭފުޅުންނަށް ތިމަންނާމެން މި ރާއްޖޭގައި މެޖޯރިޓީ ދީފިނަމަ، ނުވަތަ ކުޑަވެސް ބާރެއް ދީފިނަމަ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާނެކަން…

އިބްރާހިމް ވިދާޅުވީ އެމްޑީޕީއަށް ކުޑަވެސް ބާރެއް ލިބޭ ދުވަހަކުން، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާނެކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒަށް ރައްޔިތުން ވެރިކަން ހަވާލު ކުރި ސަބަބަކީ އެއީކަމަށާއި މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ކާމިޔާބީ ލިބުނީ ވެސް އެކަމާއި ހުރެކަމަށެވެ.

މީގެއިތުރުން އިބްރާހިމް ވިދާޅުވީ މަޖިލިސް ކޮންޓްރޯލް ކުރުމަށް ރައީސް މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރާނެކަމަށާއި އެތަން ފަންކްޝަން ކުރާނީ ދިވެހި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ. އަދި ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކާއި ކުރެވޭ މަސައްކަތްތައް ގުޅިފައި ވަނީ ވަނީ ރައްޔިތުންނާއިކަމަށް ވިދާޅުވި އެވެ.

އެމްޑީޕީއަކީ އިދިކޮޅުގައި އޮންނަ ކޮންމެ ދައުރެއްގައި ވެސް ވެރިކަން ވައްޓާލަން މަސައްކަތްކޮށް، ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލާ ޕާޓީއެއްކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި މަޖިލީހުގައި ކުރަނީ ޖަވާބުދާރީ ކުރުމުގެ މަސައްކަތްކަމަށް ބުނި ނަމަވެސް، ކުއްލި މައްސަލަތައް ހުށަހަޅައި، ގަރާރުތައް ހުށަހަޅަނީ އެހެންވެތޯ ސުވާލު އުފެއްދި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި ކުއްލި މައްސަލައެއް ހުށަހެޅުމަށް ފަހު، މަޖިލީހުގައި އަޑުގަދަކޮށް ބިލަކަށް ބަހުސް ކުރަން ޖެހޭ ވަގުތު އެމްޑީޕީގެ މެމްބަރުން ތަޅުމުގައި ހާޒިރުވެ ނުތިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: