ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒްމިރަލްދާ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ފާހެއް ނުވި!

ފަނޑިޔާރު އަޒްމިރަލްދާ ވަކީލާއެކު- ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމާފައިވާ ޑރ. އަޒްމިރަލްދާ ޒާހިރަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ދީ، ކޮމިޓީއަށް ހާޒިރުވުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ސުލޫކީ މައްސަލައެއް ފެންމަތިކޮށް ސުޕްރީމް ކޯޓު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓުގައި ވަނީ ދެ ފަނޑިޔާރުން ވެސް ވަކި ކުރުމަށެވެ.

ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ބައިވެރިވެ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު މެދުވެރިކޮށް ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވިކަން ސާބިތުވާކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރުމަށް ނިންމި މައްސަލަ ދިރާސާކުރުމާއި ގުޅޭގޮތުން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީ ބައްދަލުވުމުގައި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ފުރަތަމަ ހުށަހެޅުއްވީ އިޖުރާއީ އިތުރު މައްސަލައެއް ފާހަގަކުރެވިފައި ނުވާތީ ރިޕޯޓު ތަޅުމަށް ފޮނުވުމަށެވެ.

އެކަމަކު ކޮމިޓީއަށް ޖޭއެސްސީއާއި އަޒްމިރަލްދާ ހާޒިރު ކުރުމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ހުށަހެޅުމުން، ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް އެކަމަށް ދެކޮޅު ހެއްދެވި އެވެ. އަދި ވިދާޅުވީ އިތުރު އެހެން ހުށަހެޅުންތަކަށް ވޯޓަށް އެހުމަށް ފަހު ކުރިޔަށް ދިއުމަށެވެ. އެގޮތަށް ވޯޓަށް އެހުމަށް ގަބޫލު ނުކުރާކަމަށް މައުރޫފް ތަކުރާރު ކުރައްވަމުން ގެންދެވިއިރު އެއަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އެވެ. އެހެންވެ ހުސް ވަގުތުކޮޅެއް ނެގުމަށް، ފަހުން އަލުން އަނެއްކާވެސް ބައްދަލުވުން ފެށިއެވެ.

ބައްދަލުވުން އަލުން ފަށައި ފަނޑިޔާރާއި ޖޭއެސްސީ ހާޒިރު ކުރުމަށް ފެނޭތޯ ވޯޓަށް އެހުމުން ނާޒިލްއާއި، މައުރޫފްގެ އިތުރުން އެހެން އެއްވެސް މެމްބަރެއް ހާޒިރުކުރުމަށް ފެންނަކަމަށް ވޯޓެއް ނުދެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ މިއަދަށް ނިންމާލުމަށް ޝާހިދު ހުށަހެޅުމުން، ހުރިހާ މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ޝާހިދުގެ ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އަހާފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، ތިން ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑު ކުރީ، އޭސީސީ ދީފައިވާ މައުލޫމާތުތަކެއްގެ މައްޗަށެވެ. އެ ތުހުމަތުތަކުގައި ސަސްޕެންޑު ކުރުމުން ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލަ ކުރިޔަށް ދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އޭސީސީ ބަލަމުން ދާ މައްސަލަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް މީޑިއާތަކަށް ވެސް ނުލިބެ އެވެ. އަދި އެ ކޮމިޝަނަށް ފަނޑިޔާރުން ވެސް ހާޒިރުކޮށްފައި ނުވާއިރު މަހާޒާއި އަޒްމިރަލްދާ ދެ ފަހަރެއްގެ މަތީން ޖޭއެސްސީއަށް ހާޒިރު ކުރި އެވެ.

މި މައްސަލައިގައި ކުރަނީ ނެތް ތުހުމަތުތަކެއްކަމަށް ދެ ފަނޑިޔާރުންގެ ގާނޫނީ ވަކީލުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އަޒްމިރަލްދާގެ ފަރާތުން ފުލުހާއި އޭސީސީއަށް ވެސް އެ މައްސަލަ ހުށަހެޅިއިރު ޖޭއެސްސީއާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނާއި މީޑިއާތަކަށް ދިން މައުލޫމާތުތަކަށް އެ ކޮމިޝަނުން ވަނީ ރައްދު ދީފަ އެވެ.

އެންމެ ފަހުން އަޒްމިރަލްދާގެ ފަރާތުން މައްސަލަ ފުލުހަށް ހުށަހެޅީ، ޖޭއެސްސީއަށް އޭސީސީގެ ރައީސް ދޮގު މައުލޫމާތު ދިންކަމަށް ބުނާ މައްސަލަ އެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: