ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ނ. އަތޮޅު ހެނބަދޫއާއި، ކުޑަފަރީއަށް!

ނ.ކުޑަފަރީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުން/ ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނ. އަތޮޅުގެ ދެ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

އެއީ ނ. ކުޑަފަރީގެ އިތުރުން ނ. ހެނބަދޫ އެވެ.

މިއަދު ބޭއްވި ދެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ، ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ. އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިތެވެ.

މި ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށް ވާތީ ނ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު އަފޫ ހާމިދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މާލީ މުހިންމު ހުރިހާ ހިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި ބީއެމްއެލް ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: