ހ. ފެންޓެނޯއީ ގޭގެ ނުވަނަ ފަންގިފިލާގެ ފެންލައިޓަކުން، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އާއިލާގެ މެމްބަރަކު ވާކަމަށް ތުހުމަތު ކުރަމުން ދިޔަ ނަމަވެސް އެފަދަ އެއްވެސް އެންގުމެއް ފުލުހުންގެ ފަރާތުން ލިބިފައި ނެތް އިރު މައުލޫމާތު އާންމު ކުރި މީހުންގެ ތެރޭގައި ވެސް ގާތް ތިމާގެ މީހެއް ނެތްކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ތުހުމަތުތަކާއި ގުޅޭގޮތުން މިއަދު މަޖިލީގައި އަމީން ވިދާޅުވީ، ސިޓީގައި ހިމަނާފައިވާ ކޮންމެ ކަމަކަށް ވަކިވަކީން ޖަވާބު ދިނުމަށް ބޭނުންވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި އާއިލާއާއި ގުޅުން އޮތް ބަޔަކު ހިމެނޭކަމަށް މެމްބަރު ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވީ ނަމަވެސް، އެ މައްސަލައިގައި ތިމާގެ މީހެއް ނުވަތަ އާއިލާގެ އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ބަޔާންކޮށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެނގުމެއް އަންގާފައި ނެތްކަމަށެވެ. އަދި އެފަދަ އެއްވެސް ނިންމުމެއް ވެސް ނިންމައި ނެތްކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ފުލުހުން އާންމު ކުރި މައުލޫމާތުތަކުގެ ތެރޭގައި ވެސް، އާއިލާގެ އެއްވެސް މީހެއް ނުހިމެނެއެވެ. އަމީން ވިދާޅުވި ގޮތުގައި އެ ހާދިސާގައި އާއިލާގެ މެމްބަރެއްގެ ބައިވެރިވުން އޮތްކަމަށް އިތުބާރު ނެތްކަމަށް ބުނެ މައްސަލަ ހުށަހެޅި މެމްބަރުން ބަޔާންކޮށް ސޮއިކޮށްފައި ވަނީ ކޮން ކަންތައްތަކަކަށް ރިއާޔަތް ކުރުމަށްފަހުގައިތޯ ސާފެއް ނުވާކަމަށް އަމީން ވިދާޅުވި އެވެ.
މި ހާދިސާގައި އާއިލާގެ ބައެއްގެ ބައިވެރިވުމެއް އެބައޮތްކަމަށް ނުވަތަ ކަމެއް ފޮރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ތަކުރާރުކޮށް ތުހުމަތު ކުރާއިރު އަމީން ވިދާޅުވީ އޭގެއިން ކޮންމެ ބޭފުޅަކަށް ވެސް އެނގޭ މިންވަރަކުން ތަހުގީގަށް މައުލޫމާތު ހިއްސާ ކުރަމުންދާންވީ ކަމަށެވެ.

