ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ، ޖޭއެސްސީން ނިންމާހާ ގޮތަކަށް މަޖިލީހުން ރަބަރ ސްޓޭމްޕް ޖަހާކަން ނުޖެހޭނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާހާ ގޮތަކަށް މަޖިލީހުން ރަބަރ ސްޓޭމްޕް ޖަހަން ނުޖެހޭނެކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުން ވަކިކުރުމާއި ގުޅޭ ގޮތުން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ޖުޑިޝަރީ ކޮމިޓީގައި މަސައްކަތްކުރިއިރު، އޭނާ ވާނީ ހުރި މައްސަލަތައް ފެންމަތިކޮށްފައިކަމަށެވެ. އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ވަނީ ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިފައިކަމަށާއި، މިއީ ދޭން ޖެހޭ ފުރުސަތެއްކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުން އައްޔަނުކުރާއިރު، ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް އިންޓަވިއު ކުރަން ޖެހޭނެކަމަށެވެ. އަދި ވަކި ކުރާއިރު ވަކިން ހާއްސަކޮށް، ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށެވެ. މިގޮތަށް އަމަލު ކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިނިވަންވީމައި ވަކި ބަޔެއްގެ ސިޔާސީ ނުފޫޒެއް ނުފޯރާނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މައްސަލައަކީ ވަކި މީހެއްގެ ސިޔާސީ ނުފޫޒު ފޯރުވުން. ވަކި ސިޔާސީ ޕާޓީއެއް ނުފޫޒު އެތާ މާ ގަދަވާތީ މައްސަލައަކީ.

އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާހާ ގޮތަކަށް މަޖިލީހުގެ މެންބަރުން ރަބަރ ސްޓޭމްޕް ޖަހަން ނުޖެހޭނެކަމަށެވެ.

ފަނޑިޔާރުންގެ ހައްގުގައި ވާހަކަދެއްކުމުގެ ހައްގު ގާނޫނު އަސާސީއިން ކޮންމެ ފަނޑިޔާރަކަށްވެސް ލިބިދޭކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ފަނޑިޔާރުގެއަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. މި ސަރުކާރުން ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށުމާއިއެކު އިތުރަށް އިތުބާރު ގެއްލުމަށް މަގުފަހިވީކަމަށާއި، އަދި ސަރުކާރަށް އޮތް އިތުބާރުވެސް ގެއްލުނުކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: