ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުދު ބަންދުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

ރައުދު އަހްމަދު ޒިލާލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަލޭގެ ގެއެއްގެ ފެންލައިޓަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، ބައިވެރިވުމެއް އޮވެދާނެކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދު ކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފިއެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު އެކި ފަހަރުމަތިން ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އެންމެ ފަހުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 20 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އޭނާގެ ފަރާތުން ހައިކޯޓަށް މި މައްސަލައިގެ އިސްތިއުނާފު ހުށަހަޅުއްވާފައިވަނީ މައިގަނޑު 5 ކަމެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އޭނާގެ ވަކީލުގެ ފަރާތުން ހުށަހެޅުއްވި ނުކުތާތަކުގައި ބަޔާންކޮށްފައިވަނީ ރައުދުގެ ބަންދު އިތުރު ކުރަން ފުލުހުން ނުބައި މާއްދައަކާ ހަވާލާދީ ކޯޓަށް ހުށަހެޅި ކަމަށާއި، އެއީ އޮޅުމެއް ކަމަށް ބުނެ އަނެއްކާވެސް ނުބައި މާއްދާއަކާ ހަވާލާދީ ސްޓޭންޑް ބަދަލުކުރި ކަމަށެވެ.

މީގެ އިތުރުން، ބަންދު މަޖިލީހުގައި އިންނެވި ގާޒީ އަމިއްލައަށް ދެ ހައްސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ މުއްދަތު ޖެހި ކަމަށާއި، ގާޒީ ހަވާލާދިން މާއްދާގައި ބަޔާންކުރާ ގޮތާ ހިލާފަށް މުއްދަތު ދިންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރިކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ މަހުގެ 18 ގައި ހ. ފެންޓެނޯއީގެއިން އެ އިމާރާތާއި ޖެހިގެން ހުރި، ހ. މިޓާޒްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުތައް ފަށައި ރައުދު ހައްޔަރު ކުރީ މިދިޔަ އޭޕްރިލް މަހުގެ 24 ގައެވެ.

ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވާގޮތުގައި، އެރޭ ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ ހިއްސާއެއް ވެދާނެކަމަށް ތުހުމަތުކޮށްފައިވާއިރު، މައްސަލައިގެ އައިއޯއާއި ހަވާލާދީ ކޯޓު އަމުރުގައި ވަނީ ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވެ ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭކަމަށާއި ”ވެއްޓުނީކަމަށް ބެލެވޭކަމަށް“ ބުނެފަ އެވެ.

ރައުދު ހައްޔަރު ކުރީ އޭނާއަކީ ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު ހުރި މީހާކަމަށްވުމާއި އެކު، އޭނާއާއި ސުވާލު ނުކުރާތީ އިހުތިޖާޖު ވެސް ކުރަމުން ދަނިކޮށެވެ. އަދި މަސްތުވާތަކެއްޗެއް ވެސް ޕޮޒިޓިވެފައި ވާތީ އެ މައްސަލަ ކުރިޔަށް ގެންދޭތޯ ސުވާލު އުފެއްދި އެވެ.

މަސްތުގެ ހާލަތުގައި ތިބެ ރައުދުއާއި، ޔުމްނު އެރޭ ވަދެފައިވާ ފެންޓެނޯއީއަކީ ދެ މީހުންނާއި ވެސް ގުޅުމެއް ނެތް ގެއެއްކަމަށް ފުލުހުން ބުނެ އެވެ. އެރޭ ދެ މީހުން އެ ގޭގެ ބައެއް ފްލޯތަކުގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުލުހުން އާންމު ކުރި ނަމަވެސް އިތުރު ބައެއް އެގޭގައި އުޅުނުކަމަށް ވާހަކަ ދެކެވުނެވެ.

އެހެންނަމަވެސް ޔުމްނުގެ އާއިލާއިން އާންމު ކުރި ޕްރެސް ވީޑިއޯއެއްގައި ޔުމްނުއާއި ހަވާލާދީ ބުނި ގޮތުގައި އެއީ ކުރިން އޭނާ ގޮސް އުޅުނު ގެއެކެވެ. އަދި އެރޭ އެގޭގައި ޔޫސުފް ޔައްސާރު އަބްދުލްގަފޫރު ވެސް އުޅުނުކަމަށް ވަނީ ބުނެފަ އެވެ. އާއިލާއިން ބުނެފައި ވަނީ ފެންޓެނޯއީއަށް އައުމަށް ގޭގެ ލޮކޭޝަން ޔުމްނުއަށް ފޮނުވީ ޔައްސާރެވެ.

ޔައްސާރަކީ ހާދިސާ ހިނގި ދުވަހުގެ ރޭގަނޑު 12:00 ހާއިރު މއ. މާންދޫގެ ދެކުނުގޭގައި ޔުމްނުއާއި ރައުދު ހިމެނޭ ގޮތަށް އެއްކޮށް އުޅުނު ގުރޫޕުގައި ހިމެނޭ އެކަކެވެ.

ޔައްސާރުގެ އިތުރުން އެހެން އިތުރު ހަތަރު މީހަކު އުޅުނުކަމަށް ބުނި ނަމަވެސް، އާއިލާއިން އޭނާގެ ނަން ފިޔަވައި އިތުރު ބައެއްގެ ނަން ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގައި އޭރޭ އެ ދެ މީހުންނާއި އެކު އުޅުނުކަމަށް ފުލުހުން ބުނާ 8 މީހެއްގެ ޕާސްޕޯޓާއި ފޯނު ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފަ އެވެ. އަދި އެ އެންމެންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: