ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން ވަކިކުރަން ވޯޓު ނުދެއްވި ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީގައި!

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު --- ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ނެގި ވޯޓުގައި އެކަމާ ދެކޮޅަށް ވޯޓުދެއްވި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖޭއެސްސީގައި ނެގި ވޯޓުގައި، އެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް ވޯޓުދެއްވާފައިވަނީ ފަރުހާދާއި ނިޔާޒެވެ. މި މައްސަލަ މިހާރު އޮތީ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގައެވެ.

ފަރުހާދުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އާންމު ފަރާތަކުންނެވެ. ނަމަވެސް މިއީ ކުރިން ވެސް ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލައެކެވެ. އަދި ފަނޑިޔާރު ނިޔާޒުގެ މައްސަލައަކީ 2024 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅުނު މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު، ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެންބަރު އަލީ އަބްދުއްލަތީފް، ރައީސް ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރު ޔަޒްމީދު މުހައްމަދު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އެވެ.

މީގެއިތުރުން ކޮމިޝަނުގެ ރައީސް އަދި މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވުމުން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. ބަންޑާރަނައިބު އަހުމަދު އުޝާމް އެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާއިރު، ޑރ. އާމިނަތު އުލްމުކުލްސޫމް ވޯޓު ދެއްވާފައިވަނީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: