ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން ވަކި ކުރި މައްސަލައިގައި އދ. ކަންބޮޑުވުން ފާޅުކޮށްފި

ފަނޑިޔާރުންގެ މައްސަލައިގައި އދ. ގެ ކަންބޮޑުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅިގެން ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާމެދު އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ވާޖިބުތަކާ އެއްގޮތަށް މިނިވަން ޝަރުޢީ ނިޒާމެއް ދެމެހެއްޓުމަށް ވަޢުދުވެފައިވާކަން ހަނދާންކޮށްދޭ ކަމަށެވެ. އަދި މިނިވަން ޝަރުޢީ ނިޒާމެއް ހިމެނޭ ގޮތަށް ދައުލަތުގެ އެކި ގޮފިތައް އެއް ހަމައެއްގައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ، އަޒްމިރާލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާޢީލް ލަޠީފް މަސާޖު ޕާލަރަކުން ހައްޔަރުކޮށް ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.

އދ. އިން ވަނީ ފަނޑިޔާރުން ވަކިކުރުމުގެ ކުރިން އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ”އެކަމުގައި އަދުލުއިންސާފު ޤާއިމްކުރުމުގެ ބާރުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކަމަށް ބެލުމުގެ ފުރުސަތު އޮތް“ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ލޯ އޭޝިއާ އާއި އެހެނިހެން ބައިނަލްއަޤްވާމީ ބާ އެސޯސިއޭޝަންތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން ދުސްތޫރީ މައްސަލަ ވަގުތީގޮތުން ހުއްޓިފައިވާތާ މިހާރު ވަނީ 2 މަހަށްވުރެ ގިނަ ދުވަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: