ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސް އަށް 164 އެސިސްޓެންޓް އޮފިސަރުން ހޯދަނީ

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސް އަށް 164 އެސިސްޓެންޓް އޮފިސަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މި އިއުލާން ކޮށްފައިވަނީ އިއްޔެއެވެ. އެސިސްޓެންޓް އޮފިސަރުން ހޯދަނީ ވަނީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އޮފީސްތަކަށެވެ. އެ މަގާމަށް ރެކްރޫޓްމަންޓް ޕޯޓަލް އިން މި މަހުގެ 31 ގެ ނިޔަލަށް ކުރިމަތިލެވެއެވެ.

އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށް މި މަގާމަށް އެދި ހުށައެޅެއެވެ. އެ އުމުރު ބަލަނީ މި މަހުގެ ނިޔަލަށެވެ.

މުސާރައަކީ 5،000 ރުފިޔާކަމަށްވާއިރު، ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި 1،750ރ.، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. ކޮއްތު އިނާޔަތުގެ ގޮތުގައި ކޮންމެ ދުވަހަކަށް 60ރ. އަދި އިތުރު ގަޑީގެ އިނާޔަތާއެކު މަހަކު 11،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މަގާމުގެ ޝަރުތުތައް:

ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުން.

ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ސީ ފާސް

ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓުން ފާސްވުން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: