ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ނަފާވެރިކަން ހޯދަން އެއާޕޯޓު މަޝްރޫއުތައް ހިންގުން މުހިންމު: މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ހަވާލުވިއިރު މ. މުލީ އެއާޕޯޓުގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ނަމަވެސް 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލައި އޮޕަރޭޝަނަށް ގެނެވިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުންކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ މީގެ 11 އަހަރު އިއުލާނު ކުރި މި މަޝްރޫއު އެކި ސަބަބުތަކާއި ހުރެ އޮތީ ކުރިޔަށް ނުގޮޮސްކަމަށެވެ. މިއީ ވަރަށް ގިނަ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ އެތައް ބައެއްގެ ބުރަ މަސައްކަތްކަމުގައި ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ ޕްރޮޖެކްޓުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުނީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ކަމަށެވެ.

ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައިކަމަށް ވާތީ، ރައީސް މުއިއްޒު މުލީ އެއާޕޯޓަށް ހާއްސަ ސަމާލުކަމެއް ދެއްވިކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެގޮތުން އެންމެ 18 މަސް ދުވަހުގެ ތެރޭގައި ނުނިމި ހުރި މަސައްކަތްތައް ނިންމައި، ތަން އޮޕަރޭޝަނަށް ގެނެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އަޅުގަނޑު މަގާމާއި ހަވާލުވި ފަހުން، އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދަން އިރުޝާދު ދިން މަޝްރޫއުއަކީ މިއީ… އަޅުގަނޑުމެން ހަވާލުވިއިރު މަޝްރޫއު އޮތީ ވަރަށް ބޮޑަށް ހުއްޓިފައި.. ގާތްގަނޑަކަށް 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އެއާޕޯޓު ހުޅުވިގެން މިދަނީ..

މިނިސްޓަރ ވަނީ މި މަޝްރޫއު ނިންމުމަށް ރެއާއި ދުވާލު ކެނޑިނޭޅި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ކުރަމުން ދިޔަ މަސައްކަތް ފާހަގަކުރައްވާފަ އެވެ.

އެއާޕޯޓާއި އެކު މި ސަރަހައްދަށް ތަރައްގީގެ ގޮތުންނާއި، އިގްތިސާދީ ގޮތުން ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ. މ. އަތޮޅަކީ ވަސީލަތްތަކާއި އެކު ގުދުރަތީ ރީތިކަމެއް ލިބިފައިވާ ރަށެއްކަމަށް ވާތީ އާބާދީ އެއްފަސްކޮށް، ފަތުރުވެރިކަމުގެ ރޮނގުން ވެސް ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މުއްތަލިބު ވިދާޅުވީ އިގްތިސާދީ ނަފާވެރިކަމަށް އެއާޕޯޓުގެ މަޝްރޫއުތައް ހިންގުން މުހިންމު ކަމަށެވެ. އަދި އެއާޕޯޓު މަޝްރޫއުތަކަށް ސަރުކާރުން ބޮޑެތި ހޭދަތައް ކުރާއިރު، އޭގެ ފައިދާ ރައްޔިތުން ނެގުމަށް މުއްތަލިބު އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: