ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ކާޑުތަކުން ވިޔަފާރިކުރުމުން ޚާއްސަ ޑިސްކައުންޓް ދެނީ

Processed with VSCO with e2 preset
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާދައްކައިގެން ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭ ގޮތް ހަދައިފިއެވެ.

ބީއެމްއެލްގެ އޮފަރ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ވިޔަފާރިތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް %45 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އެގޮތުން ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ފިހާރަތަކުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނެއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި ވޭތުވެދިޔަ ކުއާޓަރގައި ބީއެމްއެލް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 އިންސައްތައިގެ ކުރިއެރުމެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްފަހު، މި އަހަރުގެ ފުރަތަމަ ކުއާޓަރގައިވެސް މި ދުވެލި ދެމެހެއްޓިގެން ދިޔުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބަރާންޗް 107 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 165 އޭޓީއެމް، އޭޖެންތް ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: