ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްފަހަރާ ކުރިޔަށް ދާ 380 މަޝްރޫއު، އިތުރު އެއްބަސްވުންތަކާއި އެކު އަދަދު 800 އަށް އަރާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ މ. މުލިއަށް ވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ގައުމު އޭސީކޮށްފައިވާ ހަތަރު ފާރު ތެރޭގައި ހިންގުމަށް ވުރެ އިސްކަން ދޭނީ ރައްޔިތުންގެ ގާތަށް ގޮސް ކަންބޮޑުވުންތައް އަޑުއެހުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުލީ އެއާޕޯޓު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެއްވެސް ވައުދެއް މަތީން ހަނދާން ނުނެތޭ ކަމަށެވެ. އަދި ސަރުކާރުން ވައުދުވެފައިވާ ގޮތަށް، ހުރިހާ ސިޔާސަތުތައް ވެސް ތަންފީޒު ކުރެވޭނެކަމަށް ވިދާޅުވި އެވެ.

ވެރިކަމާއި ހަވާލުވީ އިރު އެތައް މަޝްރޫއުއެއް ހުރީ ހުއްޓިފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުންފުނިތަކާއި ހަވާލު ކުރެވިގެން އެ މަޝްރޫއުތައް ދަނީ ކުރިޔަށް ކަމަށެވެ. އަދި އަލަށް ފެށުމަށް ނިންމި މަޝްރޫއުތައް ހިމެނޭ ގޮތަށް 390 ޕްރޮޖެކްޓުތައް އެކި ކަންކޮޅުތަކުގައި ހިންގުމަށްޓަކައި ސޮއި ކުރެވިފައިވާކަމަށް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ހަރަދުތަކަށް ރިއާޔަތްކޮށް، މޮބަލައިޒް ކުރެވިފައި ހުރި ޕްރޮޖެކްޓުތައް ރަށްތަކުގައި ހިންގާ ރަށްތައް ބަލާފައިވާނެކަމަށެވެ.

ކޮންމެ ވައުދެއް ވެސް ވަނީ ޑޮކިއުމަންޓު ކުރެވިފައި… އެކަންކަން ތަންފީޒު ކުރުމަށް މަސައްކަތައް ކުރިޔަށް ދާނެ..

ރައީސް ވިދާޅުވީ އެމަނިކުފާނު ހުރިހާ ރައްޔިތުންނަށް ވެސް ދޭން އޮތް ޔަގީންކަމަކީ މަޝްރޫއުތައް އެއްވެސް ހުއްޓުމެއް ނައިސް ކުރިޔަށް ދިއުން ކަމަށެވެ. ޕްރޮޖެކްޓުތައް ތަރުތީބު ކުރެވިފައިވާ ގޮތުގެ ޓައިމްލައިނެއް ކަނޑައަޅައި، އެއަށް އަމަލުކޮށް ތަންފީޒު ކުރެވެމުންދާކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ކުރިޔަށް ދާ މަޝްރޫއުތަކާއި އެކު އިތުރު 300 މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެކަމަށާއި އަދި ކުރިޔަށް އޮތް ދެ މަސް ދުވަހެއްގެ ތެރޭގައި ފަށާ ޕްރޮޖެކްޓުތަކާއި އެކު ރާއްޖޭގެ ރަށްތަކުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ޖުމްލަ 800 އަށް އަރާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ކަންބޮޑުވުމެއް ނެތްކަމަށާއި، މަސައްކަތްތައް ރަނގަޅަށް ކުރިޔަށް ދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. މިސާލެއްގެ ގޮތުގައި ރައީސް ދެއްކެވީ ބީއެމްއެލް ސެލްފް ސާވިސް ބޭންކު ގާއިމު ކުރުމުގެ މަސައްކަތެވެ. އަދި ބޭންކު ބްރާންޗެއް ނެތް ރަށްތަކުގައި، އެ މަޝްރޫއު ނިންމައި ބޭނުން ކުރަން ފެށުން އިފްތިތާހު ކުރެވެމުން ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކުރިޔަށް އޮތީ އަމަލީ ގޮތުން ނަތީޖާ ނެރޭނެ ދުވަސްތައް ކަމަށެވެ. އެއީ ކުނި މެނޭޖު ކުރުން ނަމަވެސް، ތަރައްގީއާއި ގުޅުން ހުރި ޕްރޮޖެކްޓުތައް ވިޔަސް އެކަން ރައްޔިތުންނަށް ފެންނަމުން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރަށްތަކަށް ދަތުރުކޮށް، ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ދަތުރުތަކަށް އެއްވެސް ހުއްޓުމެއް ނާންނަކަމަށެވެ. އަދި ރައްޔިތުންގެ ގާތަށް ގޮސް ކަންކަން ގާތުން ބަލައި، ކަންބޮޑުވުން އަޑުއަހައިގެން ހިތްހަމަޖެހުން ލިބޭކަމަށާއި އެއީ، އެކަންކަން ހައްލު ކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ޔަގީންކަން ދެވޭހާ ގާތުގައި ހުރެވުންކަމަށް ރައީސް ވިދާޅުވި އެެވެ.

ރައީސް ވިދާޅުވީ ހަތަރު ފާރު ތެރޭގައި ސަރުކާރާއި، ގައުމު ހިންގާ ވެރިއަކަށް އެމަނިކުފާނު ނުވާނެކަމަށެވެ. އަދި އޭގެ ބަދަލުގައި އަބަދުވެސް ދާނީ ރައްޔިތުންގެ ގާތުންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: