ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިޔާގެ ރައީސް ތުރުކީގެ ރައީސްއާއި ބައްދަލުކުރައްވައިފި

އަލް ޝަރާ އަދި ތުރުކީގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިޔާގެ ވަގުތީ ރައީސް އަހުމަދު އަލް ޝަރާ ތުރުކީގެ ރައީސް ތައްޔިބު އުރުދުއާންއާއި ބައްދަލުކުރައްވައިފިއެވެ.

ނޫސްތަކުން ބުނާގޮތުން ރައީސް އުރުދުއާން އަދި ރައީސް އަލް ޝަރާ ބައްދަލުކުރެއްވީ ތުރުކީގެ އިސްތަންބޫލުގައެވެ. އަދި މިއީ ސިރިޔާގެ މައްޗަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަނބުރާ ގެންދަން ފަށާފައިވަނިކޮށް ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކެއްކަން ފާހަގަކޮށްފައިވެއެވެ. ދެލީޑަރުން ސަލާމްކުރައްވާ ފޮޓޯތައް މީޑިއާތަކުގައި އާންމުވެފައިވާއިރު ރަސްމީ ބައްދަލުކުރެއްވުމެއްކަން ފާހަގަކުރެވެއެވެ.

ތުރުކީގެ ރައީސް ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުން ސީރިޔާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް މަރުހަބާ ކިޔާކަމަށެވެވެ. އަދި އިސްރާއީލުން ސީރިޔާގެ ސަރަހައްދީ އިމުގައި ގާއިމުވުމާއި އެ ގައުމަށް ހަމަލާ ދިނުމަށް މަސައްކަތްކުރުން ފަދަ ކަންކަން ބަލައިނުގަންނާނެކަމަށާއި އެ ގައުމުން އެކަމާއި ދެކޮޅަށް މަސައްކަތްކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އާންމުކުރި ކުރު ބަޔާނެއްގައި ތުރުކީގެ ރައީސް އޮފީހުންވަނީ ދެ ގައުމުގެ ދެމެދު މަސްލަހަތު ގުޅިފައިވާ ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވިފައިވާކަން ހާމަކޮށްފައެވެ. މި ބައްދަލުވުންތަކުގައި ތުރުކީގެ ފޮރިން މިނިސްޓަރުގެ އިތުރުން ޑިފެންސް މިނިސްޓަރ އަދި އިންޓެލިޖެންސް ޑިރެކްޓަރާއި އެފަދަ އެހެން މުހިންމު ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުންތައް ބޭއްވީ ބަންދު މާހައުލެއްގައިކަން ނޫސްތަކުން ފާހަގަކުރެއެވެ.

ސީރިޔާގެ ރައީސްކަމުގައި މީގެ ކުރިން ހުންނެވި ބައްޝާރުލް އަސަދުގެ ދައުރު ނިމުމަކަށް ގެނައުމުގައި ތުރުކީގެ އެއްބާރުލުން ލިބިފައިވާކަމަށްވެސް ނޫސްތަކުން ބުނާއިރު އަލް ޝަރާ އާއިއެކު އެ ގައުމުގެ ވުޒާރާތަކާއި ހަވާލުވެ ތިއްބެވި ފަރާތްތައްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައިވެސް މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާއިރު ދެ ފަރާތުންވަނީ ގުޅުން ބަދަހިކުރުމާއި ސީރިޔާ ކޮޅަށް ޖެހުން ފަދަ ކަންކަމާއި މެދު މަޝްވަރާކޮށްފައިކަމަށް ނޫސްތަކުން ބުނެއެވެ. އެމެރިކާއިން ސީރިޔާގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނަގާލަން ފަށާފައިވަނީ ކައިރި ގައުމުތަކުން އެކަމަށް ބާރުއަޅާ އެދެމުން ދިއުމުގެ ސަބަބުންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: