ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމެއް ސްކޫލްތަކުގައި ކުރިއަށް ގެންދަން ނިންމައިފި

ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ސްކޫލްތަކުގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ގަސް މަޝްރޫޢުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ތިމާވެށި ރައްކާތެރިކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ގަސްގަހާގެހި އިންދުމުގެ މުހިންމުކަން އުނގަންނައިދިނުމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުގައެވެ.

މި ޕްރޮގްރާމްގެ ސަބަބުން ކުޑައިރުއްސުރެ ދަރިވަރުންނަށް ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އެނގި، އެކަމަށް އަހުލުވެރިވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އަދި ”މުސްތަޤުބަލުގައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ޖީލެއް އުފެދިގެންދާނެ“ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސްކޫލުތަކުގެ ބައިވެރިވުން އޮންނާނެކަމަށް ބެލެވޭކަމަށް ސަރުކާރުން މަޢުލޫމާތު ދީފައިވެއެވެ. މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ކުރިއަށް އޮތް ޖީލު ތިމާވެއްޓަށް އަޅާލާ ބަޔަކަށް ހެދުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ތިމާވެށީގެ މާހިރުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: