މާލޭގެ ލޮނުޒިޔާރަތް މަގުގައި ޒެޓާ މާޓް – ސިލެކްޓްގެ ނަމުގައި މުޅިން އައު ފިހާރައެއް ހުޅުވައިފި އެވެ.
މޭއި މަހުގެ 25 ގައި ހުޅުވި މި ފިހާރައަކީ، ޒެޓާ އެންޓަޕްރައިސިސް ރީޓެއިލް މާލެޓަށް އެޅި ފުރަތަމަ ބޮޑު ހަރުފަތެވެ. އަދި ތަފާތު ޝޮޕިން ތަޖުރިބާއެއްގެ އިތުރުން ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަތައް ވެސް މި މާޓުން ލިބިގެން ދާނެ އެވެ.
މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ ޒެޓާ އެންޓަ ޕްރައިސިސް ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އައިމާން އާދަމް އެވެ. ގިނަ އަދަދެއްގެ މުދާތައް އެއްތަނަކުން ލިބޭ މި ފިހާރައިގެ ގިނަ އަދަދެއްގެ ބަދިގޭގައި ބޭނުން ކުރާ ސާމާނާއި، ގޭތެރެ ސާފު ކުރާ ސާމާނު އަދި ތަފާތު ކޮލިޓީ މޮޅު ޒީނަތްތެރިވާ ސާމާނު ލިބޭނެ އެވެ.
ޒެޓާ އެންޓަ ޕްރައިސިސް އުފެދިފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ގައެވެ.
މިއީ ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. ވިޔަފާރީގެ ތެރޭގައި ޒެޓާ ޓެކްނޮލޮޖީސް، ޒެޓާ ޓުއާސް އަދި ޒެޓާ ޑިވެލޮޕްމަންޓާއި ޒެޓާ މާޓް ހިމެނެ އެވެ.

