ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނަކީ ދުރުރާސްތާއަށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވޭނެ ޕްލޭނެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނަކީ ދުރުރާސްތާއަށް ވިސްނައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވޭނެ މާސްޓަރޕްލޭނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އަދި ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމުން ގާތްގަނޑަކަށް 3 ލައްކައެއްހާ ރައްޔިތުންނަށް، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު އެތައް ގޮތަކުން ފަހިވެގެންދާނެކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން ޙަޤީޤަތަކަށް ހެދުމުގައި، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރައްވައި، މި މޭރުމުން ބުރަ މަސައްކަތްތަކެއް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭން އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ގްރޭޓަރ މާލޭ ސަރަޙައްދުގައި ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރޕްލޭނުން މަގުފަހިކޮށްދެވޭނެކަން ފާހަގަކުރައްވާފައެވެ. މާލޭ ސިޓީގައި އޮތް ތޮއްޖެހިފައިވާ ނުތަނަވަސްކަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ހުޅުމާލޭގެ ތަރައްޤީގެ ކަންކަން ކުރިއަށްގެންދަންވާނީ، މިކަންކަމުން ފިލާވަޅު ލިބިގަނެގެން ކަމަށާ، ރިވައިސްޑް މާސްޓަރޕްލޭނާއެކު އެ ފުރުޞަތު ފަހިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ޕްލޭން ޙަޤީޤަތަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.

ހަމަ މިއާއެކު، މިއަދުގެ ރަސްމިއްޔާތުގައި އިފްތިތާޙުކުރި އެޗް.ޑީ.ސީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ބަދަލުގެނެވިފައިވާ ރަސްމީ ވެބްސައިޓަކީ ހެޔޮވެރިކަން ކަށަވަރުކުރުމުގެ މޭރުމުން ހުޅުވިގެންދިޔަ މުހިންމު ދޮރޯއްޓެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މުހިންމު ބޮޑެތި ބަދަލުތަކާއެކު އެޗް.ޑީ.ސީގެ އަޕްގްރޭޑްކުރެވިފައިވާ ވެބްސައިޓް، ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ.

ސަރުކާރުގެ އެކި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި، އެ ތަންތަނުގެ އިސްވެރިންނާއި ޓީމަށްވެސް އެކި ބަދަލުތައް ގެންނަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ މަޤުޞަދަކީ ގުޑް ގަވަނަންސް ނުވަތަ ހެޔޮވެރިކަން ކަށަވަރުކުރައްވައި، ދެފުށްފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ ނިޒާމެއްގެ ތެރެއިން ކުންފުނިތަކުގެ ހިންގުން ޔަޤީންކުރެއްވުން ކަމުގައެވެ. އެޗް.ޑީ.ސީއިން މިހާރު މި ވަނީ އެ ބަދަލުތަކުގެ ފުރިހަމަ ފައިދާ ފެންނަން ފަށާފައިކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އެޗް.ޑީ.ސީގެ ވެބްސައިޓް ތަރައްޤީކުރެވިފައި ވަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި އެހާމެ ލުއިފަސޭހަކަމާއެކު ލިބިގަނެވޭނެ ފަދަ ގޮތަކަށެވެ. އެގޮތުން މި ބަދަލުތަކާއެކު ބިލްޑިންގް އެޕްރޫވަލްސް އަދި ބިޑް އެޕްރޫވަލްސްގެ ދުވެލި ހަލުވިވެގެންދާނެއެވެ. ހަމަމިއާއެކު ކުންފުނީގެ މަސައްކަތްތަކުގެ ހާމަކަން އިތުރުކުރުމުގެ ގޮތުން، މި ވެބްސައިޓްގައި، ވިސަލްބްލޯވަރ ޕޯޓަލްއެއްވެސް ވަނީ ހިމަނުއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި މުއައްސަސާތަކަކީ، ކޮރަޕްޝަނާ ދުރުން، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ތަންތަނަށް ވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި ކޮރަޕްޝަން ހިންގުމަށް އެއްވެސް މީހަކަށް ފުރުޞަތެއް ނުދެއްވާނެ ކަމަށާ، ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެނައުމަށް ބޭނުންފުޅުވާކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެވުނު ވަރަކުން ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އާމްދަނީއަކީ ހެޔޮ ގޮތުގައި ހޯދާ އެއްޗަކަށް ވާންޖެހޭ ކަމަށާ، އެ އިމުން ބޭރުން ހިނގާ ކަމަކަށް ފުރުޞަތު ދެވިގެން ނުވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާންކޮށްދެއްވާފައެވެ.

އެޗް.ޑީ.ސީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އުފަލާއެކު ބަލައިގަންނަކަމަށާއި އަދި ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން ކުންފުނިތަކުން ކުރައްވަން ފައްޓަވާފައިވާ މިފަދަ މަސައްކަތްތައް ބަލައިގަންނަކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ހުޅުމާލޭގެ ހުރިހާ ފިޔަވައްސެއްގައި ފުއްދަވައިދެއްވަން ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް، އެޗް.ޑީ.ސީގެ އެއްބާރުލެއްވުމާއެކު، ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުންނެވެ.

މީގެ 24 އަހަރު ކުރިން އެކުލަވާލެވުނު ހުޅުމާލޭ މާސްޓަރޕްލޭނަށް ޒަމާނީ މުހިންމު ބަދަލުތަކެއް ގެނެސް، މިއަދު އިފްތިތާޙުކުރެވިގެން ދިޔައިރު، ހުޅުމާލޭ ރިވައިސްޑް މާސްޓަރޕްލޭނަކީ އާންމު ދިރިއުޅުން އައު ހަރުފަތަކަށް އުފުލައިލެވި، ވިޔަފާރިއާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދެވި، ދެމެހެއްޓެނިވި ތަރައްޤީގެ ވެއްޓެއް ކަށަވަރުކޮށްދެނިވި މާސްޓަރޕްލޭނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: