ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޝިއާ އިނީޝިއޭޓިވްގެ 8 ވަނަ އަހަރީ ބައްދަލުވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވައިފި

އޭޝިއާ އިނީޝިއޭޓިވްގެ 8 ވަނަ އަހަރީ ބައްދަލުވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވައިފި--- ފޮޓޯ: މީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ނިޒާމުގެ ތެރެއިން ގައުމުތަކުގައި މެދުގައި މައުލޫމާތު ބަދަލުކުރުމާއި، ދެފުށްފެންނަ ނިޒާމެއް ގާއިމްކުރުމާއި ގުޅޭ އޭޝިއާ ސަރަހައްދުގެ ހާއްސަ ފޯރަމެއް ފަށައިފިއެވެ.

އޭޝިއާ ސަރަހައްދުގެ 17 ޤައުމަކުން ބައިވެރިވި އޯގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް، އޯއީސީޑީގެ ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޯ ޓެކްސް ޕާޕަސެސް ދަށުން ކުރިއަށް ގެންދާ ސަރަހައްދީ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ ރާއްޖޭގެ ޓެކްސް ނިޒާމަކީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ކުރު މުއްދަތެއް ތެރޭ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ނިޒާމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް މި ބައްދަލުވުމުގައި ކޯޗެއަރކަން ކުރަން ލިބުމަކީ ލިބިގެން ދިޔުމަކީ ލިބިގެން ދިޔަ މުހިންމު ފުރުސަތެއްކަން ޒަރީރު ވިދާޅުވިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު ވިދާޅުވީ މިފަދަ އިނީޝިއޭޓިވްތަކާއި ރާއްޖެ ގުޅުމުން ވަކިވަކި ގައުމުތަކާއި އެކު ޓެކްސް މައުލޫމާތު އެއްބަސްވުން ހެދުމުގެ ބަދަލުގައި މި އިނީޝިއޭޓިވްތަކުގައި ހިމެނޭ ގައުމުތަކާއި މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށެވެ. ގާނޫނުތަކަށް ބަދަލު ގެނެސް މައުލޫމާތު ބަދަލުކުރެވޭ ލެވެލްއަށް ނިޒާމު ގެނެވިފައި ހުރިކަމަށް ޒަރީރު ވިދާޅުވިއެވެ. މީގެ އިތުރުން ރީޖަންގެ އިސް ރޯލެއްގައި ރާއްޖޭގައި ތިއްބަވާތީ ލިބިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް ސަރަހައްދުގެ އިނިޝީއޭޓިވްތަކާވެސް މުޢަމަލާތް ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އޭޝިއާ އިނީޝިއޭޓިވްގެ ދެވަނަ ކޯޗެއަރ އަދި އަރުމޭނިއާގެ ޓެކްސް އިދާރާގެ ވެރިޔާ އެޑުއާޑް ހަކޮބިއަން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓެކްސް ނިޒާމުގެ ތެރެއިން ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރުމަށް ގައުމުތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ތެރެއިން ހާމަކަން ބޮޑު ޓެކްސް ނިޒާމެއް ގާއިމް ކުރުމާއި ގުޅޭ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ކްރިޕްޓޯ ކަރަންސީ ޓެކްސް ނިޒާމުގައި ހިމެނުމާއި ގުޅޭ ގޮތުން ގައުމުތަކުގައި ހިޔާލު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

އޭޝިއާ އިނީޝިއޭޓިވް އަކީ އޭޝިއާއަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ އަހަރީ ބައްދަލުވުމެކެވެ. މިއީ މި ބައްދަލުވުން ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަފަހަރެވެ. މި ބައްދަލުވުމުގައި 17 ޤައުމުގެ އިތުރުން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކާއި، ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް އަދި، ސްޓަޑީ ގްރޫޕް އޮން އޭޝިއާ ޕެސިފިކް ޓެކްސް އެޑްމިނިސްޓްރޭޝަން އެން ރިސާރޗް (ސްގާރޓާ)ގެ މެންބަރުންވެސް ބައިވެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: