ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު އިއުލާންކޮށްފި!

ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ތިލަދުންމަތީ އުތުރުބުރިން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު ހަވީރު މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަމާލުކަން ދެމި އޮންނާނީ މިއަދު ހަވީރު 5 އިން ފެށިގެން މިރޭ 11:00 އާ ހަމައަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެމުން ބުނެފައިވަނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ދެމެދުގެ ބާރުމިނަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން މި ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ހުޅަނގު މޫސުން ވާނީ ފެށިފައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިއުލާނުކޮށްފައިވުމެވެ. މިކަމާ ގުޅޭގޮތުން އެ އިދާރާއިން ހާމަކޮށްފައިވަނީ، ”ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރާ“ ކަމަށެވެ.

މެޓް އޮފީހުން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހުޅަނގު މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރާނެ ކަމަށާއި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށެވެ.

މި ހާލަތާ ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުގެ ދަތުރުފަތުރު ކުރަން ރާވާފައިވާ ފަރާތްތަކަށް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: