ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތައް ހަދަނީ ރައްޔިތުންނަށް އަދަބެއްދީ ޖަލަށްލާކަށެއް ނޫން: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތައް ހަދަނީ ރައްޔިތުން ޖަލަށް ލައި އަދަބުތަކެއް ދިނުމަށް ނޫންކަމަށް މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވުޖޫދުކުރެވިފައިވާ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ރިޔާޒް ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީގެ މެމްބަރެއްކަމަށްވުމުން އެ ގާނޫނު ފަރުމާކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ފުރުސަތު ލިބިވަޑައިގެންނެވިކަމަށެވެ. އަދި ހަގީގަތަށް ބަލާއިރު ގާނޫނު ވުޖޫދުކުރެވިފައިވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، އެ ގާނޫނު ތަންފީޒުކުރުމުގެ މަސައޫލިއްޔަތު ކަނޑައެޅިފައިވާ މުއައްސަސާތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފި ނަމަ ވަރަށް ފުރިހަމައަށް މައްސަލަތައް ހައްލުކުރެވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ގާނޫނެއް ބިނާކުރަނީ ކޮންމެހެން ބަޔަކު މީހުންނަށް އަދަބުތަކެއް ދިނުމަށް ނޫންކަމަށެވެ. އަދި އެކަން ކުރަނީ ކޮންމެހެން މީހަކު ޖަލަށް ލުމުގެ ނިޔަތުގައިވެސް ނޫންކަމަށާއި ގާނޫނެއް ވުޖޫދުކުރުމުގެ ފަހަތުގައި މިހަކު އުމުރަށް ޖަލަށްލުން ނޫނީ ފުރާނަ ދުއްވާލުމުގެ މަގުސަދު ނޯންނާނެކަމަށް ފާހަގަކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ، ވަރުގަދަ ގާނޫނެއް ހެދުމުން އެއީ ރައްޔިތުން ކަސްތޮޅު އަޅުވާ ބަނދެލުންކަމަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދެކޭކަމަށް ފެނިގެންދާކަމަށެވެ. ނަމަވެސް ހަގީގަތުގައި އެއީ ކަން އޮތް ގޮތް ނޫންކަމަށާއި ގާނޫނެއް ހެދުމުގެ މާނައަކީ ވަކި އުސޫލުތަކަކާއި މިންގަނޑުތަކެއްގެ މަތިން ކޮންމެ ރައްޔިތަކުވެސް ދިރިއުޅުން ބައްޓަން ކުރަން ބާރު އެޅިފައި އޮތުންކަމަށެވެ. އަދި އޭގެ މާނައަކީ ކޮންމެ ކަމެއް ކުރާއިރުވެސް އެކަމެއްގެ ދެފުށް ބަލައި އެކަން ކުރެވިދާނެތޯ ނޫނީ ނުކުރެވޭނެތޯ ބެލުންކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ގާނޫނުތައް ހަދަނީ މީހަކަށް އަދަބުތަކެއް ދޭން ނޫންކަމަށާއި ގައުމެއް ނަމަ އެތަނެއްގައި ގާނޫނުތަކާއި ގަވައިދުތަކެއް ހުންނަން ޖެހޭކަމަށެވެ. މެމްބަރު ވިދާޅުވީ، އެކަންކަން ތަންފީޒުކުރެވެން ޖެހޭކަމަށާއި އެހެންކަމުން ރައްޔިތުން އެކަންކަމަށް ތަބާވާންޖެހޭނެކަމަށެވެ.

ރިޔާޒް ވިދާޅުވީ، އެހެންކަމުން ގާނޫނުތައް ހަދަނީ މީހުން އަރުވާލައި ޖަލަށް ލާ ބޮޑެތި އަދަބުތަކެއް ދިނުމަށްޓަކައި ނޫންކަން ފެނިގެންދާކަމަށެވެ. އަދި ގާނޫނެއް ހެދުމުން އެކަމާއިމެދު ވިސްނުމަށްފަހު މަނާކުރެވިފައިވާ ކަންކަން ނުކުރަންވީކަމަށާއި ވިޔާނުދާ މަގަކަށް ނޭޅެންވީކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ގާނޫނުތައް ހަދަނީ އެ ބޭނުމުގައިކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: