ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ ވައިގަދަ ވާނެ ކަމަށް ލަފާކޮށެވެ. ހުދު ސަމާލު ނެރުނީ ކ، އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށެވެ.
އެއީ މިއަދުގެ ހެނދުނު 09:15 އިން ފެށިގެން މިއަދުގެ މެންދުރުފަހު 15:00 އާ ހަަމައަށެވެ.
ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ. އުތުރާއި މެދުރާއްޖެތެރޭގެ ހުރިހާ ފަރާތްތަކުންނާއި، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

